ޓޫރިސްޓުން ރާއްޖެ އައުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމުގެ ވަގުތު 72 ގަޑިއިރުން 96 ގަޑިއިރަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ޓޫރިޒަމް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވިއިރު، ޓޫރިސްޓުން ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮތީ 72 ގަޑިއިރު ނުވާ ކޮވިޑް ނެގެޓިވް ނަތީޖާ އެކެވެ.
ނަމަވެސް އެ މިނިސްްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޓޫރިސްޓުން ފުރުމުގެ 96 ގަޑިއިރު ކުރިން ލިބިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ބަލައިގަންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ނިންމައިފައިވާ ކަމަށެވެ.
We are happy to announce that #Maldives Health Protection Agency has extended negative #PCRtest validity time of within 72Hrs to within 96Hrs prior to tourists departure to #Maldives.Another reason to #VisitMaldivesNow— Ministry of Tourism (@MoTmv) October 13, 2020
ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓު--މިއީ، ދުރު ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ގެނައި ބަދަލެކެވެ.
ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މާދަމާ އިން ފެށިގެން ހުޅުވުމަށެވެ. އެކަމަކު، އެ ފިޔަވަޅު އަޅަނީ ކޮވިޑުން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ.
ސަރުކާރުން އަންނަނީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ޓްރެވަލް އިންޝުއަރެންސުން ކަވަރު ނުކުރާތީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ވަނީ ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ. މިއީ މިވަގުތު މަދު ގައުމެއްގައި ނޫނީ ނުލިބޭ ޕެކޭޖެކެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެ އަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމު ވެސް ތައާރަފު ކޮށްފަ އެވެ.
ޓޫރިސްޓުން ދެން ހުށަހަޅަން ޖެހޭނީ 96 ގަޑިއިރު ނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ