ޔުނިވާސަލްގެ ޑިރެކްޓަރ ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ

މަޝްހޫރު ޔުނިވާސަލް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމްނިވަޑައިގަންނަވާ ޑރ.އިބްރާހިމް އުމަރު މަނިކް އަވަހާރަވެއްޖެއެވެ.
ޑރ.އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެވެ.
ޑރ.އިބްރާހިމް އުމަރު މަނިކް އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ.
ޑރ.އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ