އީރާން ރައްޔިތުން، އެޤައުމުގެ ސުޕްރީމް ލީޑަރުގެ އިސްތިއުފާއަށް ގޮވަން ފަށައިފި

އީރާންގައި ކުރަމުން އަންނަ މުޒާހަރާ ގޯސްވެ، އެޤައުމުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.އީރާން ސަރުކާރާ ދެކޮޅަށް އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ތިން ދުވަސް ވަނީ ވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން މުޒާހަރާ ފެށުނު މައިގަނޑު ސަބަބެއް ކަމަށް ބުނަނީ އީރާނުގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި އިންފްލޭޝަންގެ މައްސަލަ އިތުރުވުމާއި ދުނިޔޭގެ ބާޒާރުގައި އެޤައުމުގެ ފައިސާގެ އަގު ދަށްވުމެެވެ.އީރާނުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެޤައުމުގެ ރޫހާނީ ލީޑަރަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެންނަމުންދެއެވެ.މީގެ އިތުރުން އީރާނު ސަރުކާރުގެ ކޮރަޕްޓް އޮފިޝަލުންގެ އިސްތިއުފާއަށާއި އެ ޤައުމުގެ އަސްކަރިއްޔާ ދެކެ ބިރުނުގަންނަ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. މި މުޒާހަރާގައި ހަމަނުޖެހުން ހިންގި ގިނަ އަދަދެއްގެ މީހުން އީރާންގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ