ބިން މިލްކުކުރެވޭ ގާނޫން ބާތިލްކުރަންޖެހޭ: ރައީސް މައުމޫން

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭގޮތަށް ގާނޫން އަަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލުކު ކުރެވޭގޮތަށް ގާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ކޮންމެހެން ބާތިލު ކުރަން ޖެހޭ އިސްލާހެއްކަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލުކު ކުރެވޭގޮތަށް ގާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެ އިސްލާހު މަޖިލީހަށް ހުށައެޅުމުން އެ ބަދަލް ގާނޫން އަސާސީއަށް ނުގެނައުމަށް ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި އެދިވަޑައިގެފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވޯޓް ދެއްވައިގެން އެ ގާނޫން ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
މި ގާނޫން މަޖިލީހުން ފާސްކުުރުމުން ބިލް ތަސްދީގުނުކުރެއްވުމަށްވެސް ރައީސް މައުމޫން ވަނީ ރައީސް ޔާމީން ކިބައިން އެދިވަޑައިގެންފައެެވެ.
ރައީސް މައުމޫން ވިދާޅުވީ މި އިސްލާހަކީ ޕީޕީއެމްގެ ކައުންސިލްގައި އެއްވެސް ވަރަށް މަޝްވަރާކުރުމެއްނެތި މަޖިލީހަށް ހުށައެޅި އިސްލާހެއްކަމަށެވެ.
ރާއްޖޭގެ ބިންތައް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ސަރުކާރުން ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ ނިންމުން ބަދަލުކުރަން އެ ޕާޓީން މަޖިލީހަށް އިސްލާހެއް ހުށަހަޅާނެ ކަމަށެވެ.
އަދި އެ އިސްލާހު ހުށަހަޅަން ނިންމީ، ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖެއިން ބިންގަނެ މިލްކު ނުކުރެވޭނެ ގޮތް ހެދުމަށް ކަމަށްވެސް އިންތިވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މަޖިލީހަށް ހުށަހަޅަމުންދާ ގިނަ އިސްލާހުތައް ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ މެންބަރުން މިހާތަނަށްވެސް ވަނީ ފެއިލް ކޮށްލާފައެވެ. ނަމަވެސް އިންތި ވިދާޅުވީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަމަވެސް އެ އިސްލާހު މަޖިލީހަށް ހުށަހަޅައި ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ހުށަހަޅަން އެމްޑީޕީން ނިންމާފައިވާއިރު، 2015 ގައި އެ އިސްލާހު ފާސްކުރުމަށް އޭރު އެމްޑީޕީގެ ބައެއް
ސަރުކާރުން ޤާނޫނުއަސާސީއަށް ބަދަލުގެނެސްފައިވާއިރު، ފ އަތޮޅު ސައުދީ ސަރުކާރަށް ވިއްކާލަން ނިންމާފައިވާކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ