ދ. ކުޑަހުވަދޫގައި ދ. ވާނީ ރައްޔިތުންނަށް އެޅި ހައުސިން ޔުނިޓުން ފްލެޓް ނުލިބުނު މީހަކަށް ފްލެޓް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އެ ގޮތަށް އަމުރުކޮށްފައިވަނީ ވާނީ މީހުން ކުޑަހުވަދޫ އަށް ބަދަލުކުރަން އެޅި 53 ހައުސިން ޔުނިޓްގެ ތެރެއިން 50 ޔުނިޓް މީހުންނާ ހަވާލު ކުރި އިރު އެ ލިސްޓުގައި ނުހިމެނުނު ވާނީގެ ގޯއްޗެއްގެ ވެރި ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ.
ހައުސިން ޔުނިޓް ލިބޭ ލިސްޓުގައި އެ ގޯތީގެ ނަން ނެތީ ސުނާމީގެ ކުރިން އެ ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނެތުމުން ކަމަށާއި ހައުސިން ޔުނިޓްތައް ދިނީ ސުނާމީގެ ކުރިން ރަޖިސްޓްރީ ހައްދާފައިވާ ގޯތިތަކަށް ބަލައިގެން ކަމަށް ހައުސިން މިނިސްޓްރީން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރި ތާރީޚަކީ ސުނާމީ އަށް ވުރެ ފަހުގެ ތާރީޚެއް ކަމަށްވިޔަސް އެ ގޯއްޗަކީ 2001 ވަނަ އަހަރު ހަވާލުކޮށްފައިވާ ގޯއްޗެއް ކަން ސަރުކާރުގެ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދޫކުރާ ލިޔުންތަކަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެ އަށް ބުރަވާންޖެހޭ ފަދަ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތަށް ހުކުމް ކުރި އިރު 2015 ގައި ސަރުކާރުން ވަނީ އެ 50 ހައުސިން ޔުނިޓް އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. ވާނީ އަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި 2014 އިން ފެށިގެން ރައީސް ޔާމީން ވަނީ ކަނޑައަޅުއްވައިފަ އެވެ.
އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ދައުލަތަށް އަންގާފައިވަނީ ހައުސިން ޔުނިޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި އެ ގޯތީގެ ނަން ހިމެނުމަށެވެ
ވާނީ އާއިލާއަކަށް ކުޑަހުވަދޫން ފްލެޓް ދޭން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ