ހަވީރު އޮންލައިން ޕޯލް: އާ ރައީސް އެންމެ ބޮޑަށް އިސްކަން ދެއްވަންވީ ޝަރުއީ ދާއިރާ އަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު އެންމެ ބޮޑު އިސްކަމެއް ދެއްވަން އާއްމުން ބޭނުންވަނީ ޝަރުއީ ދާއިރާ ކަން ހަވީރު އޮންލައިނުން ނެގި ޕޯލްއަކުން އެނގިއްޖެ އެވެ.
އިއްޔެގެ ނިޔަލަށް އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕޯލްގައި ޖުމްލަ 9396 ވޯޓު ލިބުނު އިރު އޭގެ ތެރެއިން 40 ޕަސެންޓް ވޯޓު ލިބިފައި ވަނީ ޝަރުއީ ދާއިރާ އަށް އިސްކަންދިނުމަށް ފެންނަ ކަމަށެވެ.
ޕޯލް އަށް ހުޅުވާލި ހަ މައްސަލަ ނުވަތަ ދާއިރާގެ ތެރެއިން ދެވަނަ އަށް އެންމެ އިސްކަންދޭންވީ މައްސަލައެއްގެ ގޮތުގައި ކިޔުންތެރިން ފާހަގަކޮށްފައި ވަނީ އިގްތިސާދެވެ. އެއީ 21 ޕަސެންޓް ވޯޓެވެ.
ތިންވަނަ އަށް، ކޮރަޕްޝަނާއި މަސްތުވާތަކެތީގެ މައްސަލަ އަށް ވޯޓު ލިބުނީ އެއްވަރަކަށެވެ. އެއީ 12 ޕަސެންޓެވެ. ދެން ހުރި މައްސަލަތަކަށް ވޯޓު ލިބުނު ގޮތަކީ ބޯހިޔާވަހިކަމަށް ނުވަ ޕަސެންޓް، އަދި ސިއްހީ ދާއިރާ އަށް ހަ ޕަސެންޓެވެ.
މި ޕޯލްގައި ހިމެނުމަށް މައްސަލަތައް ހޮވާފައި ވަނީ ގިނަ ދާއިރާތަކެއް ހިމަނައިގެން ހަވީރުގެ ނޫސްވެރިންގެ މެދުގައި ނެގި ވޯޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ