ސަރުކާރު ޖަވާބުދާރީ ކުރުވާނީ ރައްޔިތުން ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ ރަސްމީ ނިއުސް ލެޓާ "އޮޑިޓް އޮބްޒާވާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އޮޑިޓަ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާއި ނެރޭ ފިނޭންސް ރިޕޯޓުތަކުގެ މައިގަނޑު މައްސަލަތައް ދިވެހި ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ފޯރުކޮށްދީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީ ކުރުވުން ކަމަށެވެ.
"އޮޑިޓަލް ޖެނެރަލް އޮފީހުގެ މަސައްކަތްތަކާއި ޕަބްލިކް އޮޑިޓް ޕްރޮސެސްގައި ދިވެހި ރައްޔިތުން މިއަށް ވުރެ ބޮޑަށް ބައިވެރި ކުރުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ،" ނިޔާޒް ވިދާޅުވިއެވެ.
އޮޑިޓް ޖެނެރަލް ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ޝާއިއު ކުރުމަށް ފަހު ޝަކުވާ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މި ގޮތުން ނޫސްބަޔާންތައް ނެރުމާއި ނިއުސް ކޮންފަރެންސް ބޭއްވުން ހިމެނޭ ކަމަށެވެ.
ގާނޫނުގައި ބަޔާން ކޮށްފައިވާ މައްސޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ އެންމެހައި އިދާރާތަކުގެ ފައިސާގެ ކަންތައް އޮޑިޓްކުރުމާ އެކު، އެ ކުންފުނިތަކުގެ މާލީ ކަންތައްތައް ހަރުދަނާކޮށް ޖަވާބުދާރީ ކުރުވުމާއި އޮޑިޓް ކުރުމުގެ އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި" އޮޑިޓް އޮބްޒާވާ" ނެރެ ދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވާނީ ރައްޔިތުން: އޮޑިޓަ ޖެނެރަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ