ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި އެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން މިއަދު ވަނީ އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި މެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެހެންނަމަވެސްމ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ރިޔާޒު ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ކަންތައްތަކެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައި ނުވާތީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި ޖަވާބުދާރީވާން އިތުރު ފުރުސަތު ދެއްވުމަށް އެދުމުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.
ރިޔާޒުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އޭނާގެ ގާނޫނީ ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނަށް މިމައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކޯޓުން މިއަދު ވަނީ އަންގާފަ އެވެ.
އަބްދުﷲ ރިޔާޒް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ