ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ވަކިކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާޙް ވިދާޅުވީ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވެނީ އެ މަޤާމަށް ޕީޕީއެމްގެ މެންބަރުން އިންތިޚާބުކުރުމުން ކަމަށެވެ.
ފަލާޙް ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ވަކިކުރަންޖެހިފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި ނަމަވެސް މަޑުކޮށްގެން ތިބީ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް މިފަށްޓަވަނީ ކަމަށެވެ.
ފަލާޙް މިމޭރުމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ހުންނެވިކަން ރައީސް މައުމޫން އިއްޔެ އިޢުލާނުކުރައްވާފައިވާތީއެވެ.
ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ވަކިކުރުމުގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ