ހަތަރު ރަށެއްގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގެ އެ ކުންފުނީގެ ދަށަށް ބަދަލު ކުރި ހަތަރު އިންޖީނުގެއަކީ މ. ކޮޅުފުށީ އިންޖީނުގެ އާއި މ. މުލަކު އިންޖީނުގޭގެ އިތުރުން ލ. މާބައިދޫ އާއި މ. ރަތްމަންދޫ އިންޖީނުގެ އެވެ.
އިންޖީނުގެތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވީ މި ހަތަރު ރަށުގެ އިންޖީނުގެ އެ ކުންފުނީގެ ދަށުން ބަލަހައްޓަން ފެށުމުން ރާއްޖޭގެ 150 ރަށެއްގެ އިންޖީނުގެ އެ ކުންފުނީގެ ދަށުގައި މިހާރު އެބަހުރި ކަމަށެވެ.
"މި ހަތަރު ރަށުގެ އެގްރީމަންޓަށް އަމަލު ކުރަން ފަށަނީ އެކެއް އެޕްރީލް އިން ފެށިގެން. މި އޮތް 20 ދުވަސް ތެރޭ ސާވޭޓީމްތައް ގޮސް އިސްލާހު ކުރަން އަދި މަރާމާތު ކުރަން ހުރި ތަންތަން ބަލާނަން. އަދި އެއަށް ފަހު އެގްރީމަންޓަށް އަމަލު ކުރަން ފަށާނީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނުގެތަކާ އެ ކުންފުނިން ހަވާލުވަމުންދާއިރު، އެ ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް އިންޖީނުގެތައް ފައްތަމުން ގެންދާ ކަމަށެވެ.
"ބައެއް އިންޖީނުގެ ތަކުގެ މުވައްޒަފުން ވެސް މިތިބެނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަރަށް ވުރެ މަދުކޮށް. އެހެންކަމުން އިއުލާނުކޮށްގެން އިތުރު މުވައްޒަފުންވެސް ހޯދާނަން. މީގެ އިތުރުން ބައެއް ތަންތަން މަރާމާތުވެސް ކުރަން ހަމަޖެހިފައިވޭ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ދަށަށް ބަދަލު ކުރި 150 ރަށުގެ އިންޖީނުގެ އިންޖީނުގެ އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ފަހު މަރާމާތުގެ މަސައްކަތައް ތިން ލައްކަ އެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ހަތަރު ރަށެއްގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ