މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އެކްޝަން ޕްލޭން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިފްތިތާޙްކޮށްދެއްވައިފި އެވެ.
މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވާ ހައިކޮމިޝަނަރު މުޙަންމަދު ފަޔާޒާ ބައްދަލު ކުރައްވާ ހައިކޮމިޝަންގެ މަސައްކަތްތައް ބައްލަވާލައްވާ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުންނާއި ޕީޕީއެމް. ގެ ރައީސްގެ ޙައިޞިއްޔަތުން ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަޤްޞަދުތައް ޙާޞިލް ކުރަން ދިވެހި ހައިކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވި އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް މަގުފަހި ކުރަން ހއިކޮމިޝަނުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ތަފްޞީލުތައް ހައިކޮމިޝަނާ ފަޔާޒު، ރައީސް މައުމޫން ދަންނަވައި ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމަށް އެކްޝަން ޕްލޭން ރައީސް މައުމޫން އިފްތިތާހު ކޮށް ދެއްވި އެވެ. މި އެކްޝަން ޕްލޭނަކީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެކްޝަން ޕްލޭނެކެވެ.
ރައީސް މައުމޫން މެލޭޝިޔާގެ ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައި މެހްމާނުން ސޮއިކުރައްވާފައިވާ ފޮތުގައި ސޮއި ވެސް ކުރެއްވިއެވެ.
މެލޭޝިޔާގެ ދިވެހި ހައިކޮމިޝަންގެ އެކްޝަން ޕްލޭން ރައީސް މައުމޫން އިފްތިތާހުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ