ދުވާފަރު ގެއަކުން ވަގަށް ނެގި 30،000 ރުފިޔާ ހޯދާ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރު ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިތާ ފަސް ގަޑި އިރު ތެރޭގައި އެފައިސާ ހޯދައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ދުވާފަރުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާ ތަކެއް ވަގަށް ނެގި މިމައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ އިއްޔެ އިރުއޮއްސި 18:00 އެހާއިރު ކަމަށެވެ.
ވަގަށް ނަގާފައިވާ 30،000 ރ. ހޯދާފައި ވަނީ ފުލުހުންގެ މަސައްކަތުން އެރަށުގެ ހޭޅިފަށުގައި ވަޅުލާފައި ހުއްޓާ ކަމަށާއި ވައްކަމުގެ މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ