ލަންކާގެ ހާސްކަމުން ނިކުމެ މައުމޫން ރާއްޖެއަށް
އާދީއްތަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިންއިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ހުންނެވީ އެގައުމުގައެވެ. މަޖިލިސް އިންތިހާބު ނިންމާލެއްވުމަށްފަހު، މައުމޫނު ޗުއްޓީ އަށް ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ތިން ވަރަކަށް ދުވަސްފަހުން ލަންކާގައި ބޮމުގެ ހަމަލާދިންއިރު މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ތިއްބެވީ ލަންކާގައެވެ. ލަންކާގައި ދިން ބޮމުގެ ހަމަލާ ކުށްވެރިކުރައްވައި މައުމޫނު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ހިތަމަވެރި ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ހުންނެވިކަން ހާމަކުރައްވައިފައެވެ. މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވާލެއްވުމަށްފަހު އަނބުރާ މިރޭ ރާއްޖެ ވަޑައިގަންނަވާއިރު ކޮލަމްބޯގެ ހިތްގައިމު މާހައުލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. https://twitter.com/maumoonagayoom/status/1121028231350628357 އެ ހާދިސާ އަށްފަހު މައުމޫނުގެ ދެކަނބަލުންނަށް ލަންކާގެ ސަލާމަތީ ބާރުތަކުން ދިން ސެކިޔުރިޓީ ފާހަގަކުރައްވައި އެކަމަށް މައުމޫނު ވަނީ ލަންކާގެ ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. މި ހާދިސާ އަށްފަހު ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ކުރަމުންދާ މަސައްކަތްތައް މައުމޫނު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވައިފައެވެ. https://twitter.com/maumoonagayoom/status/1121031218399731717 ލަންކާގެ ބޮމުގެ ހާދިސާތަކުގައި 359 މީހުން ވަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިހާދިސާތަކާ ގުޅިގެން މިހާތަނަށް 60 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ