ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތަކެއް ހޯދައިފި

ައައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގެ ތެރޭގައި ވަގަށް ނަގައި ފޮރުވާފައި ބަހައްޓަފައި ހުރި ސައިކަލެއް ބައިތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއްގެ ބައިތައް ދެގޯންޏަކަށް އަޅައި ފޮރުވާފައި ހުއްޓައި ފެނުނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރި އިރު ކަމަށެވެ.
ފުލުހުން ބުނީ ރޭ 10 ޖަހާ އެހާކަންހާއިރު އެގެއަށް ފުލުހުން ވަދެ ބަލާފާސްކުރީވެސް ވަގަށް ނަގާފައިވާ ތަކެތި އެގޭގެ ތެރޭގައި ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.
އެހެން ނަމަވެސް މިމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
މާލެ އާއި އައްޑޫ ސިޓީގައިވެސް ސައިކަލު ވަގަށް ނެގުން އާއްމުކަމަކަށް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ