ސިއްދީގުއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެން ހުންނަން ޖެހޭ ބޭފުޅެއް - އުމަރު

ރައްޔިޔުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛް އަހުމަދު ސިއްދީގުއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެން ހުންނަން ޖެހޭ ބޭފުޅެއްކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ ތުލުސްދޫގައި ބޭއްވި ސިއްދީގުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަމުން އުމަރު ނަސީރު ވިދާޅުވީ، އޭނާ ސިއްދީގު ދަންނަތާ 10 އަހަރު ވެއްޖެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ސިއްދީގާއި ބައްދަލުވީ ސިޔާސީ މާހައުުލުގައި ކަމަށެވެ. އަދި "ދެގޮތެއް ނުވެ އަޅުގަނޑު، އަޅުގަނޑާއި މެދު އަޅުގަނޑު ސިއްދީގުއަށް އިތުބާރު ކުރަން"، އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ލިޔެ ތިބޭފުޅުންނަށް ސޮއިކޮށްދޭނަން އަޅުގަނޑުމެންގެ ފިކުރު ދޫކޮށްފައި ސިއްދީގު ނުވެސް ގެންދެވޭނެ، ފައިސާއަކަށްވެސް ނުގެންދެވޭ، އެއްވެސް ގޮތަކަށް ނުގެންދެވޭނެ. އަޅުގަނޑު، އަޅުގަނޑާއި، ދޭތެރޭ އޮންނަ އިތުބާރު އަޅުގަނޑަށް ސިއްދީގުއަށް އޮވޭ". އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ސިއްދީގުއަކީ ސިޔާސީ ބިންމަތީ ސިފައިންގެ ޖެނެރަލްއެއް ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި އެކުގައި ސިއްދީގުއާއެކު މަސައްކަތް ކުރެވުނު ކަމަށާއި، ސިއްދީގު މަޖިލީހުގައި ބައިދަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެއްވެސް މީހަކު އިދިކޮޅު ޕާޓީއެއްގެ މީހަކު ބައިންދާކަމުގައިވަންޏާ އެންމެ ފުރަތަމަ ބައިންދަން ޖެހެނީ ސިއްދީގު. ދެވަނަ ކަމަކަށް މުހައްމަދު ނަޝީދު މަޖިލީހަށް ކުރިމަތިލައިގެން އަންނަ ކަމުގައިވަންޏާ ކޮންމެހެންވެސް ސިއްދީގު އެތާ އިންނަން ވާނެ". ސިއްދީގު ވިދާޅުވިއެވެ.
ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ބައިވެރިވިކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ