މި ސަރުކާރަކީ ބޮޑު ސުނާމީއެއް: ގާސިމް

މީގެ ހަތް އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްވުރެ މާ ބޮޑު ސުނާމީއެއް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ސަރުކާރަށް ވަރުގަދަ ހަމަލައެއް ދެއްވައިފި އެވެ. ގާސިމް ވަނީ "ދިމާވެފައިވާ މުސީބާތުން" ދިވެހިން ސަލާމަތް ކޮށް ދެއްވުމަށް އެދި ދުއާ އަށް އަތް ނަންނަގަވައި ދުވާ ކުރައްވާ ހަމްދު ވެސް އަޅުއްވާފަ އެވެ.
"މި މުސީބާތުން ސަލަމާތް ވުމަށް އަޅުގަނޑުމެން އެންމެން ﷲ ގެ ހަޒުރަތުގައި ދުއާ ކުރަން ޖެހޭ އަދި އަޅުގަނޑު ދުއާ ކުރަން މިހާރު ދިމާވެފައިމިވާ ކާރިސާ، މި މުސީބާތުން އަޅަމެންގެ ދިވެހި ރާއްޖެ މިންޖު ކުރައްވާ ސަލާމަތް ކުރައްވާފާންދޭވެ!" ސުނާމީ ކާރިސާގެ ހާދިސާގެ ހަދާން އާކުރުމަށް ޕީޕީއެމާ ޖުމްހޫރީ ޕާޓީން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ގާސިމް ދުއާ ކުރެއްވެވި އެވެ.
އަދި މިހާރުގެ ސަރުކާރަށް ނިސްބަތް ކުރައްވާ ގާސިމް ވިދާޅުވީ ކިތަންމެ ގޮތަކަށް ސުނާމީ އަންނަ ކަމަށާއި ދިވެހި އުންމަތަށް މިއަދު ލާޒިމުވެފައިވަނީ މި ސުނާމީއިން އަވަހަށް ސަލާމަތް ވުމަށް ކަމަށެވެ.
މިއަދު ފާސް ކުރި އަންނަ އަހަރުގެ ދައުލަތު ބެޖެޓަށް ގާސިމް ހުށަހެޅި އިސްލާހުތަކަކީ ބަޖެޓް ފުނޑުފުނޑުވެގެން ދާފަދަ އިސްލާހުތަކެއް ކަމަށް މަޖިލީހުގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވާތީ ގާސިމް ވިދާޅުވީ އެއީ ވަރަށް ބޮޑަށް އޮޅުމެއް ކަމަށާއި އެފަދަ ހުށަހެޅުމެއް ހުށަނާޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހުށަހެޅުއްވެވީ ވެލިޑިޓީ ހުރި ހުށަހެޅުންތަކެއް ކަމަށާއި އެކަން ނިމިގެން ވެސް ދިޔައީ ގާނޫނީ ލަފަޔާ އެއްގޮތަށް އަދި ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން ބަޖެޓް ހަލާލު ނުވާ ކަމަށެވެ.
"އެހެންނަމަވެސް މިއަދު ރާއްޖޭގެ ދަރަނި ވަނީ އިޓަލީ ވިލާތާއި ގްރީކްގެ ހާލަތުގައި ނޫން ކަމަށް ހަދަން އުޅުނަކަސް އެކަމެއް ނުވާނެ . ހަމަ ކަށަވަރުން ވެސް އެކަން އޮތީ އެ ފެންވަރުގައި މިއަދު ރާއްޖެ ވަނީ ދަރާފައިވާ ގައުމެއްގެ ގޮތުގައި . މިއަންނަ އަހަރުގެ ބަޖެޓް ނިމިގެންދާއިރު 28 ބިލިޔަން ރުފިޔާގެ ބޮޑު ދަރަންޏަކުން ދަރަނިވެރިވާނެ ދެ އަހަރުހެ ބަޖެޓަށް ވުރެ ބޮޑު އެއްޗެއް އެހެންވީމާ ވިދާޅުވެ ބައްލަވާ މިއީ ބޭންކްރަޕްޓް ވެފައިވާ ގައުމަކަށް ނުވާނެ ގޮތެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ފަސް ރިސޯޓްގެ ސުޕާ ތަކުގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް އެ ސުޕާތައް ބަންދު ކުރަން އަންގައި ރިސޯޓަށް ފުލުހުން އެރުމާއި ވިލާ އާއާގެ އޮޕަރޭޝަން ހުއްޓައިލާން މިއަދު އެންގި އެންގުމަށް އިޝާރާތް ކުރައްވާ ގާސިމް މިރޭ ވަނީ ޖޯޝްގައި ވާހަކަފުޅު ދައްކަވައި ސަރުކާރަށް ގޮން ޖައްސަވާފަ އެވެ.
ވިދާޅުވީ ފެންނަމުން ދަނީ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުކޮށްލަން މަސައްތަކަތް ކުރާތަން ކަމަށާއި އެ އިންޑަސްޓްރީ މުޅި ދުނިޔޭގައި ފަލީހަތް ކުރާ މަންޒަރު ކަމަށެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު ބޭއްވި މުޒާހާރާގައި މަސާޖު ޕާލާތައް ބަންދު ކުރަން ގޮވާލުމުން އޭނާގެ ރިސޯޓްތަކުގެ ސްޕާތައް ބަންދު ކުރަން އުޅޭ އުޅުމުން ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑު އެވާހަކަ ދައްކާކަށް ބޭނުމެއްނޫން މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ ކޮންފަދަ ނިކަމެތި ކަމެއްތޯ؟ ދެން ހަމަ ޕަސެންޖަރުން އުފުލާނެ ވަސީލަތްތައް މަދުވެފައި އިންފަރާސްޓްރަކްޗާ ނެތިފައި އޮތް އިރު ކޮންމެވެސް އެއާލައިނެއް ބަންދުކުރަން އުޅޭ ވާހަކަ އިވެނީ! މިހާރު އެއާލައިންތައް ގިނަކަމުން ގޮސް އެއާލައިންތައް ވެސް ބަނދު ކުރަން އެންގީ! ރާއްޖޭގެ އިންފްރާސްޓްރަކްޗާގެ ހުރި ފޮނި ކަމާ ގިނަ ކަމުން!"
ގާސިމް ވިދާޅުވީ ވަމުންދާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ޕްރެޝަރަށް ލައިގެން އޭނާ "ދުއްވާލެވޭނެ" ކަމަށް ހީ ކުރައްވާނަމަ އެއީ މޮޔަހެދުމެއް ކަމަށެވެ.
"މޮޔައޭ ތިހައްދަވަނީ، ވަރަށް ބޮޑު މޮޔައެއް ތިހަދަނީ. ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސާލަން ތިއުޅެނީ. މިހާރުވެސް މިތިބީ ބަނޑަށް ޖެހިފައި ބަލަ މޮޔަހަދަން ތިއުޅެނީ. މިހާރު ގާދޫ ކޮލުން ނުކުމެގެން ދާންވީއޭ އިނގޭތޯ އެބޭފުޅުން،"
ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދާ އޮހުރުވައިގެން ހޯދާފައިވާ ތަރައްގީ ސަރުކާރުން ބޭނުންވާ ގޮތަށް ސުނާމީއެއްހެން ދުއްވާ ނުލެވޭނެ ކަން ސާބިތުވެފައިވާ ކަމަށާއި މިހާރު މުއްދަތު ފަހަނަޅައި ދަނީ ކަމަށެވެ.
"ގާދޫކޮލުން ނުކުންނަން ތައްޔާރުވަނީކަން އެނގިވަޑައިތީމާތޯ ތިއުޅުއްވަނީ ތިގޮތަށް... އެއްޗެއް ނަގާނީ ވެސް ބަންދު ކުރަންދާނީ ވެސް ހުރިމީހެއްގެ އަތުންތާ ދެއްތޯ؟ އިއްޔެ އަޅުގަނޑު އަޑު އެހިން ހުޅުހެންވޭރުގެ ދާއިރާގެ އިތްޒަތްތެރި މެންބަރު ރީކޯ މުސާމަނިކު ކީ ލިސްޓެއް ވިލާ މިވެނި އެއްޗެއް، ވިލާ އެއާލައިން ޕެރަޑައިސް އަނެކަޗެއް އަނެކެއްޗެއް ތިބޭފުޅުން އަޑުއެއްސެވިންތޯ؟
ގާސިމާމެދު ސަރުކާރުން ކަންކުރަމުން ގޮތުގެ މައުލޫއަށް ވަޑައިގަންނަވާ ބޭނުންފުޅު ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ގާސިމް ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާލައްވާފަ އެވެ. ވިދާޅުވީ މީގެ 60 އަހަރު ކުރިން އޭނާ އުފަންވީ އދ. ދިއްދޫއަށް ކަމަށާއި އޭގެ ފަހުން މާމިގިލީގައި އުޅުއްވެވި ކަމަށެވެ. ގާސިމް ވިހެއުމަށް ފަހު 39 ދުވަހުގެ ތެރޭހައި މަންމަ ނިޔާވި ކަމަށާއި 10 އަހަރުވެފައި ހުއްޓާ މާމަވެސް ނިޔާވެ ނިކަމެތިވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"މާމަ އަޅުގަނޑުގެ އިންޗާޖަކަށް ހުރީ. ދެން ފަޅު ރަށެއް ވަލުގައި މަސައްކަތުގައި ހަތަރު އަހަރު އުޅެފައި މާލެ އައިސް ގޭގޭގައި ނޯކިރީކޮށް ޓިއުޝަނަށް ގޮސްގެން މިހިސާބަށް އައީ. އެއީ ހަގީގަތް،" ގާސިމް ވިދާޅުވި އެވެ.
"އެގޮތްތަށް އައި މީހަކަށް ނުރުހުމުގެ ގޮތުގައި ނަމަވެސް ޖޯކަކަށް ހަދައިގެން ނަމަވެސް އޭނާ [ރީކޯ މޫސަ] އެކީ ހަގީގީ ލިސްޓެއް. މީގެ ތެރޭގައި ހަރާމް ގޮތުގައި ތަނަކުން ދަމައިގަނެގެން ވައްކަން ކޮށް ނާޖާއިޒް ކަމެއް ކޮށްފައެއް ނޯންނާނެ. ސަރުކާރުގެ ޕްރޮޖެކްޓެއް ނަގައިގހެން ހޯދި އެއް ކަމެއް ވެސް ނޯންނާނެ. ބުރަ މަސައްކަތާ ދާ އޮހޮރުވައިގެން ހޯދައިފައި ހުރި ހައްގު ހަލާލު އެއްޗެހި ހުންނާނީ،"
ގާސިމް ވިދާޅުވީ 2008 ގެ ރިޔާސި އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓަކަށް ވެސް ޖުމްހޫރީ ޕާޓީގެ ދިދައާއެކު "ހޫރި" ފައި ވާނެ ކަމަށާއި އޭރު ކެމްޕޭން ވާދައިގައި އޭނާއާއެކު ޑޮކްޓަރުންތަކެއް ވެސް މޫސާ މަނިކު ފަދައިން ލިސްޓް ކިޔުއްވާފައިވާ ކަމަށެވެ. އަދި އެލިސްޓް އަދި ޕްލޭ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބަލަ މީ އަޅުގަނޑު ދަމައިގަތް އެއްޗޭއްތޯ؟ އެހެން މީހުންނަށް ވެސް މަތިވެރި ދަރަޖައާ އިތްޒަތް ދެއްވި ފަދައިން ﷲއޭ މުއްސަނދި ކަން ދެއްވަނީ. އަޅުގަނޑު ނޯންނާނެ ސަރުކާރުގެ ޕްރޮޖެޓެއް ވެސް ނަގާފައެއް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންދު ކުރާ މީހުން ކޮންމެ އެއްޗެއް ބަންދު ކުރިޔަސް އޭނާ އާއި އޭނާގެ 6000 އަށްވުރެ ގިނަ މުވައްޒަފުންނަށް ﷲ ރިޒުގު ދެއްވާނެ ކަމަށާއި އެކަމާ ދެރަވެ ހައިރާންވެވަޑައި ނުގަންނަވާނެ ކަމަށާއި މިރޭ ވެސް އަވަހާރަފުޅު ލައްޕަވާނީ އަރާމުގައި ކަމަށެވެ.
"އެކަމަކު ޕްރެޝަރުގެ ތިބޭނީ ފުޅި ހިއްޕަވައިގެންނާ އެއްޗެހި ބައްލަވައިގެން ތިބޭ އެބޭފުޅުންނޭ ފާޑުފާޑުގެ ފުޅިއާ ބުއިންތައް ހިއްޕަވައިގެން ތިބެނީ ހަމަ ކެންނުކުރެވިގެން އެމީހުނޭ އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރިހަމަ ހުރިހާ އެއްޗެއް ނެގިޔަސް ނަގާބަލަ؟ މަދުވެގެން އުޅޭ މީހުން ނަގާބަލަ؟ އަޅުގަނޑު މިތާ ބިންމަތީގައި އުޅޭނީ މަދު ދުވަސްކޮޅަކު! އަޅުގަނޑު މަންމަ ނިމިގެން ދިޔަ ފަދައިން އަޅުގަނޑުވެސް ދާނެ. އަޅުގަނޑުގެ ދަރިންނާ ދަރިންގެ ދަރިންނަށް ﷲ ގޮތްތަކެއް މެދުވރި ކުރައްވާނެ،"
ގާސިމް ވަނީ މިރޭ ވަނީ ސުނާމީގައި ކޮޅުފުށިން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕީޕީއެމުން ހުޅުވާފައިވާ ފަންޑަށް ބައިލައްކަ ރުފިޔާ ހަދިޔާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ