އަބްދުﷲ ގާޒީ ހައްޔަރުކުރަން އޭރުގެ ސީޕީއަށް އަމުރު ކުރިކަމެއް ނޭނގޭ - އަތީފް

2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީީހުއަށް އެއްވެސް ފަރާތަކުން އަމުރުކުރިކަމެއް ނޭނގޭ ކަމަށް ކުރީގެ ޑެޕުއިޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް އަތީފު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދަޢުވާގެ މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން، އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ކަން އޭނާއަށްވެސް އެނގިވަޑައިގަތީ ގާޒީ ގިރިފުއްޓަށް ގެންދިޔަ ފަހުން ކަމަށެވެ.
އަތީފްގެ ހެކިބަސް މިއަދު ނަގާފައި ވަނީ ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުން، ފޯނު މެދުވެރިކޮށެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ބަޔާނެއް ދީފައިވާނެތޯ އޭނާއާ ދައުލަތުން ސުވާލު ކުރި އިރު، އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ހަނދާނުގައި އެކަމެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްގެ ދަޢުވާގެ ޝަރީއަތުގައި މިއަދު އޮތް އަޑުއެހުމުގައި އޭރުގެ އެމްެންޑީއެފް ކޯސްޓްގާޑުްގެ ކޮމާންޑަރ އަދި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވީ ބްދުﷲ ގާޒީ ހައްޔަރުކުރުމަށް މަޝްވަރާކުރި އެއްވެސް ބައްދަލުވުމެއްގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވިކަން އެނގިފައި ނުވާ ކަމަށެވެ.
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޝިޔާމް ފޮނުވި ސިޓީއެއް ޝަރީޢަތުގައި ހުށަހެޅުމުން، އެސިޓީ އޭނާ ލިޔުއްވި ކަމަށް ޝިޔާމް އެއްބަސްވެވަޑައިގެންނެވިއެވެ.
މިކަމާ ޝިޔާމް ވިދާޅުވީ، އެ ސިޓީ ފޮނުއްވީ އޭރު ސިފައިންގޭގެ އއޮޕަރޭޝަންސްގެ ކަންކަން ރޭވިފައި އޮތްގޮތް ބެލުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް ފަހުން އޭނާ ބެލި ބެލުމުން ކަން ހިނގާފައި ވަނީ އެެހެން ނޫން ކަން އެނގިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ