ވެރިކަން ކުރާ ޕީޕީއެމް ޕީޖީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާގެ ޗެންނާއީއަށް ވަޑައިގެންނެވުމުން އެގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެ ފޮނުވާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ނިހާން ޗެންނާއީއަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވީ އިއްޔެއެވެ. ބޭސްފަރުވާއަކަށް އިންޑިއާގެ ޗެންނާއީ އަށް ނިހާން ރޭ ވަޑައިގަތުމާ އެކު، އިންޑިއާގެ އިމިގްރޭޝަނުން ވަނީ އޭނާ އެ ގައުމަށް އެތެރެވިޔަ ނުދީ ހުއްޓުވައިފަ އެވެ. އަދި ރާއްޖެ އަށް އެންމެ އަވަހަށް އޮތް މަތިންދާބޯޓުން އަނބުރާ ފޮނުވައިލީ ކަމަށް އެނގިފައިވެ އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން އަނބުރާ ފޮނުވާލި ނަމަވެސް އެއީ ޑީޕޯޓް ކުރުމެއް ނޫނެވެ. ސަބަބަކީ ނިހާންގެ ޕާސްޕޯޓުގައި އެއްވެސް ލިޔުމެއް އަދި ޑީޕޯޓު ތައްގަނޑު އިންޑިއާ އިން ޖަހާފައި ނެތުމެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕީޕީއެމްގެ އިސް މެމްބަރަކާ މެދު އިންޑިއާ އިން މި ފިޔަވަޅު އެޅި ސަބަބެއް އެގައުމުން ހާމަކޮށްފައި ނުވެއެވެ. ނިހާންގެ ފޯނަށް އެކި މީޑިއާތަކުން ގުޅުމުން ޖަވާބެއް ނުދެއްވައި އޭނާ އެންމެ ފަހުން ޓްވީޓާއިން އެކަމުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ނޫސްވެރިންނަށް ހޮޓެލްޖެން އަށް ކޮފީ އަކަށް ދައުވަތު އަރުވާފައެވެ.
އެ ޓުވީޓެއްގައި ވަނީ މިރޭ 10 ޖަހާއިރު، ހޮޓެލް ޖެން އަށް ނޫސްވެރިން ދިއުމުން، ކަން ހިނގި ގޮތުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.
މެމްބަރު ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ