ޕޮލިސީއަކީ ޝަރީއަތްތައް މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު ދިނުން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ޕޮލިސީއަކީ އަދި ވިސްނުމަކީ ވެސް ގާނޫނު އަސާސީ އާއި ގާނުތަކުގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން ހުޅުވާލައިގެން ބޭއްވޭ ޝަރީއަތުގެ މަޖިލިސްތައް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު މީޑިއާ އަށް ތަނަވަސްކޮށްދިނުމަށް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އިއްޔެގެ ޝަރީއަތުގެ ހަބަރު ރިޕޯޓް ނުކުރުމަށް އަންގައި ހަވީރުގެ ނޫސްވެރިއަކު ލައްވައި ކޯޓުން ވަނީ ސޮއި ކުރުވާފަ އެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ އެ އެނގުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު އެންގުމެކެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޝަރީއަތުގެ މަޖިލިސްތައް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު މީޑިއާ އަށް ތަނަވަސްކޮށްދިނުމަކީ ސުޕްރީމް ކޯޓުގެ ޕޮލިސީ ކަމަށާއި ނަމަވެސް މައްސަލައެއްގައި ހިމެނޭ ޚަސްމެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަން އަންނާނެ ކަމަށް އެ ޚަސްމަކަށް ގަބޫލުކުރެވިގެން ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައެއްގެ ތަފްސީލް މީޑިއާގައި ހާމަނުކުރުމަށް އެދިއްޖެނަމަ މައްސަލައިގެ ބާވަތާއި ތަބީއަތަށް ރިއާޔަތްކޮށް އެ ތަފްސީލްތައް ހާމަކުރުމުގެ ނަތީޖާއާ މެދު ސުޕްރީމް ކޯޓުން ވިސްނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ