ލ. ފޮނަދޫގައި ސަރުކާރުން ގާއިމު ކޮށްފައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން 50 ހައުސިން ޔުނިޓަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
މިހައުސިން ޔުނިޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލ. ގާދޫ އަދި ފޮނަދޫ ރައްޔިތުންނަށް ހާއްސަކޮށް އަޅާފައި ހުރި ހައުސިން ޔުނިޓްތަކެކެވެ.
ފޮނަދޫގައި ސަރުކާރުން ގާއިމުކޮށްފައި ހުރި ހައުސިން ޔުނިޓްތަކަށް ކަރަންޓު ދިނުމުގެ ގޮތުން މިމަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
މިއެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު އެވެ.
ފޮނަދޫގައި ޖުމްލަ 135 ހައުސިން ޔުނިޓް ސަރުކާރުން ހަދާފައިވާއިރު، ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގާދޫގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވާ ހައުސިން ޔުނިޓްތަކާ ބެހޭ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފަ އެވެ.
ހައުސިން ޔުނިޓްތައް ގާދޫގެ ބައެއް ރައްޔިތުންނާ ހަވާލުނުކުރުމުގެ ސަބަބުން އެމީހުން ދިރިއުޅެން ޖެހެނީ ކުލި ދައްކައިގެން ކަމަށް އެމީހުން ފާހަގަކޮށްފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށް އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ފޮނަދޫގެ 50 ހައުސިން ޔުނިޓަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކައާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ