އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ނައިވީން އައްޔަންކޮށްފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲ އައްޔަން ކޮށްފި އެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ނައިވީން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުރިފުޅުމަތީގައި އެޗްއާރްސީއެމްގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފަ އެވެ. އޭނާއަށް ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. ހުވާ ކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ ނައިވީނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފަ އެވެ. ނައިވީން އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމާ އެކު އެ ކޮމިޝަނަށް އައްޔަން ކުރަން ޖެހޭ ފަސް މެމްބަރުން އައްޔަންކޮށް ނިމުނީ އެވެ. އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ނައިވީން އައްޔަން ކުރެއްވުމަށްފަހު ރައީސް ޔާމީން އޭނައާ ބައްދަލު ކުރައްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ ަނައިވީންގެ އިތުރުން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި ހ. ހަބަރުގޭ އާމިނަތު އީނާސް އާއި މ. ކޮރަލްގާޑްންސް ޢާއިޝަތު އަފްރީން މުޙައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ