މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމަލެއްނުވޭ، އޮޅުން ފިލުވާ ދެއްވާ: ރައީސް މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރުން ވިދާޅުވާ އެއްޗަކާއި ބަޖެޓްގައިވާ އެއްޗެއް ދިމާނުވާ ކަމަށާއި އޮޅުން ފިލުވައި ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
Ministarun vidhālhuvā echchakā sarukārun husha elhuvvi budget gai vā echchakā dhimānuvā nama eī bodu massalaeh. Olhun filuvvā dhevvā!
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެގޮތަށް ގޮވާލައްވާފައި މިވަނީ ބިހުރޯޒް މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އެޅުމަށް އެއްވެސް އިރެއްގައި މަޝްވަރާ ކުރައްވާފައި ނުވާކަމަށާއި އެއީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 
އެވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާ މަގުފުރައްދަން ކަމަށް ޒިޔާދު ވިދާޅުވިއިރު، ބިހުރޯޒު މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ދެއްކެވީ ޒިޔާދުވެސް ހިމެނިވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ ވެސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. 
ބާރަ ބުރީގެ މަޕްޓިޕާޕަސް ދެ އިމާރާތް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ ބިހުރޯޒް މިސްކިތާއި މަސްޖިދުލް އާދިލް ހުރި ބިމުގަ އެވެ.
ބަޖެޓް ދިރާސާކުރި ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ މުޅިން އާ ކޮންސެޕްޓްތަކަށް މިސަރުކާރުން މިސްކިތްތައް އިމާރާތް ކުރަމުންދާ ކަމަށެވެ. 
 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ