ތަރައްގީއަށް ފައިސާ ހޯދީ ރައީސް ޔާމީންގެ އިގުތިޞާދީ ސިޔާސަތުގެ ތެރެއިން: ހައުސިން މިނިސްޓަރ

މިސަރުކާރުން ގެނެސްފައިވާ ތަރައްގީއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިގުތިސާދީ ސިޔާސަތުގެ ތެރެއިން ހޯއްދެވި ފައިސާ ހަރަދުކުރައްވައިގެން ގެނެސްފައިވާ ތަރައްގީ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގެންނަމުންދާ ތަރައްގީ ކުރިއަށް އޮތްތަނުގައި ވެސް ފެނިގެންދާނެ ކަމަށާއި، ރައީސް ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށްޓަކާ ކުރައްވާ މަސައްކަތްޕުޅުގައި ހުރިހާ ވަޒީރުންވެސް ސާބިތުކަމާއެކު ދެމި ތިއްބަވާނެ ކަމަށެވެ.އަދި ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ގެނެސްފައިވާ ތަރައްގީއަކީ ރައީސް ޔާމީންގެ އިގުތިސާދީ ސިޔާސަތުގެ ތެރެއިން ހޯއްދެވި ފައިސާ ހަރަދު ކުރައްވައިގެން ގެނެސްދެއްވި ތަރައްގީ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ދާއިރާއިން ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުފުޅުގެ 80 އިންސައްތަ މިހާރު ކާމިޔާބު ކުރެވިފައިވާކަމަށެވެ. އަދި ބާކީ ވިހި އިންސައްތަ ކާމިޔާބު ކުރުމަށް މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އިރުތިސާމް ވިދާޅުވިއެވެ.ޒުވާނުންނާ ކުޅިވަރާ ބެހޭ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ފުޓްސަލް ދަނޑުތަކުގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިތުރު ވަސީލަތްތައް ސަރުކާރުން ވަނީ ގާއިމްކޮށްދެއްވާފައެވެ. އަދި ގައުމުގެ އެންމެ މުހިންމު ދައުރެއް ހިއްސާކުރާ ބަޔަކީ ޒުވާނުންކަމަށް ވާތީ މިސަރުކާރުން ޒުވާނުންނަށް ޚާއްސައިސްކަމެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ