ސުޕްރީމް ކޯޓުން ބްރާސްފަތި ދުވަހު ނެރުނު އަމުރުން ސިޔާސީ ލީޑަރުން މިނިވަން ކުރަން އޮތް ބައި މިރޭ ބާތިލްކޮށްފި

ސުޕްރީމު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑާއެޅި 12 މެމްބަރުގެ ގޮނޑި ނުގެއްލޭކަމަށް ކުރިން އަުރުގައިވެސް ވާގޮތަށް ވަނީ މިރޭ ނެރުނު އަމުރުގައިވެސް ހިމަނާފައެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ވަނީ، ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.
ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ އަމުރުކޮށްފައެވެ.
ހުކުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ފްލޯ ކްރޮސްކުރުން ނުވަތަ މެމްބަރުން ޕާޓީ ބަދަލު ކުރުމުން އެމެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ސްޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައިވާ ކަމުގައެވެ. ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިކަމާއި ގުޅޭ ޤާނޫނެއް މިހާތަނަށް ހެދިފައި ނުވާތީކަމަށް ބަޔާން ކޮށްފައި ވެއެވެ.
ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވާ ގޮތުން މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ ކަމުގެ ހުކުމް ސްޕްރީމް ކޯޓުން ނެރުނު ފަހުން ހަ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ސަރުކާރުންނާއި މަޖިލީހުން އެ ހުކުމާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.
ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސްޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ހަދަން ޖެހޭ ޤާނޫނު ނަހަދާ ވަނިކޮށް ކަމުގައެވެ. ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ސާފުކޮށް ކަނޑަނާޅާނީސް މެމްބަރުން މަޖިލީހަށް ވަންނަން އުޅުމަކީ ކުށެއްބަލައި ޖިނާއީ ތަހުގީގު ހިންގައި، ދައުވާ އުފުލާފައިވާއިރު އެކަމަކީ ރާއްޖޭގެ މަސްލަހަތު ގެއްލި ދުސްތޫރީ ނިޒާމާ ދުރަށް ގެންދާ ކަމެއްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
-- ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ