މޫސަލް ދޫކޮށް ދިޔަ އިރާޤުގެ ރައްޔިތުން އަނބުރާ މޫސަލް އަށް ދާންފަށައިފި
އިރާޤުގެ މޫސަލް ދޫކޮށް އެރަށުން ދިޔަ އިރާޤުގެ ރައްޔިތުން އަނބުރާ މޫސަލް އަށް ދާންފަށައިފިއެވެ.
އިރާޤުގެ އުތުރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ހުސްވި ހަފްތާގައި މޫސަލް ހިފުމާ ގުޅިގެން އެރަށުގައި އުޅެމުންދިޔަ އެތައް ހާސް ބަޔަކު ވަނީ އެރަށް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.
އެހެން ނަމަވެސް، ހަނގުރާމަވެރިން އިރާޤުގެ ވެރިރަށް ބަޣްދާދަށް މިސްރާބު ޖަހާފައިވާ ޚަބަރު ލިބުމާގުޅިގެން ގިނަ ބަޔަކު އަނބުރާ މޫސަލްއަށް އަންނަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
މޫސަލްގެ ރައްޔިތުން ބުނެފައިވަނީ އެރަށަށް އެރި ހަނގުރާމަވެރިން އާއްމު ރައްޔިތުންނަށް އެއްވެސް ހާނިއްކައެއް ކޮށްފައި ނުވާ ކަމަށެވެ.
ހަނގުރާމަވެރިން ވަނީ އިރާޤުގެ ތިކްރިތް ވެސް އެމީހުންގެ އަތްދަށަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ