އަލްމަރްހޫމް އަލީ އުމަރު މަނިކު ސިންގަޕޫރުގައި ފަސްދާނުލައިފި

ރާއްޖޭގެ ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވައި، އިޤްތިސާދާއި ވިޔަފާރީގެ ދާއިރާ އިން ދިގު މުއްދަތެއްގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލީ އުމަރު މަނިކު ފަސްދާނުލައިފިއެވެ.
ޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ އަލްމަރްހޫމް އަލީ އުމަރު މަނިކު ފަސްދާނުވެޑުވީ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގަ އެވެ. އަދި މަރްހޫމްގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކުރެވޭ ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމްގަ އެވެ.
ނި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އަލީ އުމަރު މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 19 ޑިސެންބަރު 2015 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ ސިންގަޕޫރުގެ ކުއީން އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ކޮލި އަލިމަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރުފުޅެވެ. އަވަހާރަވި އިރު އަނބިކަނބަލަކާއި ދަރިކަލަކާއި ދަރިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ