ވިލިމާލެ އިންޖީނުގެ ރޯކޮށްލުމަށް މަސައްކަތް ކޮށްފި

ވިލިމާލެ އިންޖީނުގެ ރޯކޮށްލުމަށް ރޭ ފަތިހު ބަޔަކު މަސައްކަތް ކޮށްފިއެވެ.
އިންޖީނުގެ ރޯކޮށްލުމަށް ރޭ ފަތިހު މަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ތެރެއަށް ޕެޓްރޯލް ޖެހުމަށްފަހުއެެވެ. އަދި ރޯކޮށްލާފައި އޮތީ ޕެޓްރޯލް އަޅާފައި އޮތް ފުޅިއެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އިންޖީނުގެއަށް އަދި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިންޖީނުގޭގައި ރޯކޮށްލަން މަސައްކަތްކުރި މީހުން ފެންސް ހަލާކުކޮށްލައިގެން ވަދެފައިވާއިރު އަލިފާންގަނޑު ފެތުރުމުގެ ކުރިން އިންޖީނުގޭގައި އޭރު ތިބި މުވައްޒަފުން ވަނީ އަލިފާން ނިއްވާލާފައެވެ.
ވިލިމާލޭ އިންޖީނުގެ ރޯކޮށްލުމަށް މަސައްކަތް ކޮށްފައި މިވަނީ ސްޓެލްކޯއިން ހުޅުމާލެއަށް ކަރަންޓު ދެމުން ގެންދާ އިންޖީނަކަށް ޕެޓްރޯލް ޖަހައި، ރޯކޮށްލާފައިވަނިކޮށެވެ.
މިދިޔަ ހަފުތާ ހިނގި މި ހާދިސާގެ ސަބަބުން އެ އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އެ އިންޖީނުގެ ރޯކޮށްލުމަށް ޕެޓްރޯލް ފުޅި އެއްލައިލާފައިވަނީ މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޖާލި ދޮރުފަތެއް މަތާލައިގެންނެވެ. އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވެ، އެ އިންޖީނު ގޭގައި ތިބި މުވައްޒަފުން ވަނީ ހުޅުގަނޑު ނިއްވާލާފައެވެ.
ރޯކޮށްލި އިންޖީނަކީ ހުޅުމާލޭ އިންޖީނުގެއަށް ފަހުން އިތުރު ކުރި ބައިގައި ބެހެއްޓި އެއް މެގަވޮޓްގެ އިންޖީނެކެވެ. މި އިންޖީނު ބަހައްޓައި ކަރަންޓު ދޭން ފެށިތާ އަދިވީ ހަ އެއްކަ މެހެވެ.
މި ދެ މައްސަލަ ވެސް މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ