މިއަހަރު ތެރޭ ނ. އަތޮޅު ޅޮހީގައި ޕޮލިސް ޑެސްކެއް ގާއިމް ކޮށް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅު ވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ޅޮހި ކައުންސިލްގެ ބޭފުޅުންނާއި އިއްޔެ ބައްދަލުކުރައްވައި ދެއްކި ވާހަފުޅުގަ އެވެ.
ހޯމް މިނިސްޓްރީން ބުނީ އިއްޔެ އެ މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޅޮހީގައި ނެރު ބައްތި ހަރުކުރުމާއި ކައުންސިލް އޮފީސް މަރާމާތުކޮށް ބޮޑުކުރުުމާއި އެރަށުގެ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ރަށުގައި ޕާކެއް ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ރަށު ކައުންސިލަށް ފޯރުކޮށްދިނުުމާއި ގުޅޭގޮތުން ކަމަށެވެ. އަދި މީގެ އިތުރުން ޅޮހީގައި ދާއިމީ ގޮތެއްގައި ފުލުހުންގެ ހިދުމަތް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
މިބައްދަލުވުގައި މިނިސްޓަރު ވިދާޅުވީ ޅޮހީގައި ޕޮލިސް ޑެސްކެއް މިއަހަރު ތެރޭ ގާއިމްކޮށް ދެއްވާނެ ކަމަށާއި އެދިވަޑައިގެންނެވި އެހެނިހެން ކަންކަން ކޮށްދެއްވުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ޅޮހީގައި ވޭސްޓް މެނޭޖްމަންޓް ޕްލޭން ތަންފީޒުކުުރުމުގެ މަސައްކަތް ފެށުމާ އެމަސައްކަތް ކުރުމަށް ޕިކަޕެއް ހޯދުމާއި ކައުންސިލް އިދާރާއަށް އިތުރު ދެމުވައްޒަފަކު ހަމަޖެއްސުމަށްޓަކައި ބަޖެޓް ހޯދުމާއި ރަށުގައި ހިންގާ ޖަމިއްޔާތައް ހަރަކާތްތެރިވުމާ ގުޅޭ ގޮތުންވެސްް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޅޮހީގައި ޕޮލިސް ޑެސްކެއް މިއަހަރު ގާއިމްކޮށް ދޭނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ