ކައުންސިލް އިންތިހާބު ބޯއިކޮޓްކުރަން ކުޅުދުއްފުށީ 'ރައްޔިތުން' ނިކުންނަނީ!

އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރަން ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ނިއްމައިފިއެވެ.
ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
އެހެންނަމަވެސް ސަރުކާރުން އެކަން އަދިވެސް އިއުލާން ކޮށްފައި ނުވާތީ އެކަމާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރަން ކަމަށް ސީއެންއެމާއި ވާހަކަ ދެއްކި އެ ރަށުގެ ރައްޔިތެއް ބުންޏެވެ.
އަދި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ކުޅުދުއްފުށީ ރައްޔިތުންނަށް ފުއްދައިދީފައި ނުވާތީ އެކަން ސާފުކުރުމަށް ރައީސްގެ ތަރުޖަމާނަށް ގުޅާލުމުން ވިދާޅުވީ މީޑިއާތަކުން އެ ހަބަރުި ފެންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި ރައީސްއާއި ބައްދަލުކޮށް އޭގެ މައުލޫމާތު ސާފުކޮށްދެއްވާނެ ކަމަށެވެ.
ކުޅުދުއްފުށިން ސީއެއެންއެމްއާއި ވާހަކަ ދެއްކި މީހުން ބުނަނީ ރަށު ކައުންސިލް އިންތިހާބެއް އެ ރަށުގައި ނުބޭއްވޭނެ ކަމަށާއި އެއްފަސް ނުކޮށް އާބާދީގައި ދިހަހާސް ހަމަވެފައިވާއިރު ތަފާތުއެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު އެ އަދަދު 12 ހާހަށް އަރާ ކަމަށެވެ.
ކުޅުދުއްފުށީގެ ރައްޔިތުން ޔަގީންކޮށްގެން ތިބީ އަންނަ ކައުންސިލް އިންތިހާބުގެ ކުރިން ކުޅުދުއްފުއްޓަށް ސިޓީ ދަރަޖަ ލިބިގެންދާނެކަމުގެ އުންމީދުގައި ކަމަށް ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ގިނަ ކަމަށާއި އެގޮތުން ގާނޫނީ އަދަދު ހަމަވުމާއި މިހާތަނަށް އައިއިރު ސަރުކާރާއި އެމްޑީޕީގެ އެކި ފަންތީގެ ބޭފުޅުން، ސިޓީއެއްގެ ދަރަޖަ ކައުންސިލް އިންތިހާބުގެ ކުރިން ދޭނެކަމަށްބުނެ ދެއްކި ދަޅައިން ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ."އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގައި އޮންނަނީ ރަށު ކައުންސިލެއްކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރި ޙަބަރު. މިވާހަކަ އަކީ ކުޅުދުއްފުށީ މީހުންނަށް "ހަޖަމް" ކުރަން ދަތިވި ވާހަކައެއް. ފަސް އަހަރުގެ މުއްދަތަށް ކައުންސިލަރުން އިންތިހާބުކުރާއިރު ގާނޫނީ އަދަދު ހަމަވެފައި އަދި ސިޓީއެއްގެ ދަރަޖަ ދީފައިވާ ބައެއް ރަށްތަކުގައި ލިބެން ހުންނަ ނުވަތަ އެއަށްވުރެ ރަނގަޅު ހިދުމަތް ކުޅުދުއްފުއްޓަށް ނުލިބި ދިގުލައިގަތުން ބަލައިނުގަނެވޭނެ." ނަން ހާމަ ނުކުރަން ބޭނުންވި އެ ރަށު މީހަކު ބުންޏެވެ.
ސޯޝަލް މީޑިއާގައި އޭނާ ވިދާޅުވީ ސިޓީ ކައުންސިލެއް ނޫން އެހެން ގޮތެއް ބަލައެއް ނުގަންނާނެ ކަމަށާ ސިޓީ ކައުންސިލެއް ނުހެދިއްޖެނަމަ ކައުންސިލް އިންތިހާބުގައި ވޯޓް ނުލާނެ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ކައުންސިލް އިންތިހާބަށް ވާދަކުރަން ނިއްމާފއިވާ ފަރާތްތަކުން ކެންޕެއިން ކުރުމަށްވެސް ބޭނުން ނުވާ ކަމަށްވެސް އެ ރަށު ރައްޔިތުން ބުނެއެވެ.
އަދި ސިޓީއެއްގެ ދަރަޖަ ނުދީ ކައުންސިލް އިންތިހާބު ބާއްވައިފި ކަމުގައި ވަނީ ނަމަ އެއީ އަދުގެ ސަރުކާރާއި ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންވެސް ފެއިލް ވުމެއް ކަމަށް މެމްބަރުންނާއި އަދި ރަށުގެ ގިނަ ރައްޔިތުން ދެކޭކަމަށް ސީއެންއެމާއި ވާހަކަ ދެއްކި މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ