މާލޭ ޖަލުގައި ކިއު ސިސްޓަމެއް ގާއިމުކޮށްފި

މާލޭ ޖަލުގެ ކައުންޓަރުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ބޭނުންކުރުމަށް ކިޔު ސިސްޓަމް އެ ޖަލުުގައި މިއަދު ގާއިމް ކޮށްފި އެވެ. ކަރެކްޝަންސް އިން މިއަދު ބުނީ، ކިޔު ސިސްޓަމް އަކީ އެޖަލުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ ކަމާ އިންސާފުވެރި ކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމްކުރި ކިޔު ސިސްޓަމެއް ކަމަށެވެ. ކިއު ސިސްޓަމްގެ އިތުރުން މިއަހަރު ތެރޭ ޖަލުން ފޯރުކޮށްދޭ އެހެން އިތުރު ހިދުމަތްތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެގޮތުން ޖަލު ބަންދުގައި ތިބޭ ގައިއިދީންގެ އާއިލާ ތަކުން ގައިދީންނާ ބައްދަލުވުމަށް ފޯމު ހުށަހެޅުމުން 24 ގަޑިއިރުގެ ތެރޭގައި މިހާރު ބައްދަލުވުން ހަމަޖެހިގެންދާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އާއިލީ ބައްދަލުވުންތަކަށް ހާއްސަ ކުރެވިފައި ތަނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވި، ހުރިހާ އުމުރުފުރާ އަކާއި ވެސް ގުޅޭގޮތަށް އެ ތަން ބަދަލު ކުރެވިފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ކުރިއަށްދާތަނަކީ، ކުޑަކުދިންނާ ވެސް ރައްޓެހި މާހައުލަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ޕްލޭ އޭރިއާއެއް ވަނީ އެތަނުގައި ގާއިމު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ