ކަމަދޫ ކަރަންޓް ބިލުން އިންޖީނުގޭގެ މުވައްޒަފަކު މަކަރު ހަދާކަން ފަޅާއަރައިފި

ބ. ކަމަދޫގެ ކަރަންޓް ބިލްތަކުން އެރަށު އިންޖީނުގޭގެ މުވައްޒަފަކު މަކަރު ހަދަމުންދާކަން ފަޅާއަރައިފިއެވެ. އެމައްސަލައާ ގުޅިގެން ކަމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ނުުކުމެ ކައުންސިލް އިދާރާ ދޮށުގައި މިއަދު ވަނީ މުޒާހަރާވެސްކޮށްފައެެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ކަރަންޓް ބިލަށް މަކަރު ހަދަމުންދިޔައީ ކަމަދޫ އިންޖޫނުގޭގެ އަންހެން މުވައްޒަފެކެވެ. ކަމަދޫގެ ކަރަންޓް ބިލްތަކުން މަކަރު ހަދަމުންދާކަން ފަޅާއެރުމުން ރަށުގެ ރައްޔިތުން އެއްވެފައި--- "އޭނައަކީ އެޑްމިންގަ އިންނަ ކުއްޖާ. އޭނާ މި ރީޑިންވެސް ޗެކްކުރަނީ. ބިލް ހަދަނީ ބިލް ޕްރިންޓް ކުރަނީވެސް. ބިލަށް އަރާވަރަށް ވުރެ ބޮޑުކޮށް އޭނާ ބިލްގަ ޖަހަނީ. އޭނާ ފައިސާ ބަލައިގަންނަނީވެސް އެކަމަކު ފެނަކައަށް މިދެނީ އަސްލު އަރާވަރު. ބާކީ ބައި އޭނާ މި ކާލަނީ. އެހެން އުޅެނިކޮށް އޭނާ ޗުއްޓީއަށް ދިޔަތަނުން އެކަން ފަޅާއެރީ،" ކަމަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ. ކަމަދޫގެ ކަރަންޓް ބިލްތަކުން މަކަރު ހަދަމުންދާކަން ފަޅާއެރުމުން ރަށުގެ ރައްޔިތުން އެއްވެފައި--- އޭނާ ބުނީ އެ އަންހެން މީހާ އެގޮތަށް ވައްކަން ކުރަމުންދާތާ މިހާރު ދެއަަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ. އެ އަންހެން މީހާ މިހާރު ވަނީ ސަސްޕެންޑްވެސްކޮށްފައެެވެ. އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ