ފުވައްމުލަކު ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނަ ހަފްތާގައި ލިބޭނެ - ފެނަކަ
ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް އަންނަ ހަފްތާގައި އެރަށަށް 1 މެގަ ވޯޓުގެ ޖަނެރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ، ފުވައްމުލަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން މިހާރު އެރަށަށް 800 ކިލޯ ވޮޓުގެ ޖަނެރޭޓަރަށް ގެންގޮސް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށާއި، މިރޭ ކަރަންޓު ދެވޭނެ ކަމަށެވެ. މިއާއެކު ރަށުގެ ބޮޑު ބަޔަކަށް ކަރަންޓުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް ލަންޢާން ވިދާޅުވިއެވެ. ލަމްޢާން ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން އަންނަ ހަފްތާގައި އެރަށަށް 1 މެގަ ވޯޓުގެ ޖަނަރެޓޭއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއާއެކު ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ. ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ދިމާވުމާއި ގުޅިގެން ދޭތެރެ ދޭތެރެއިން އަންނަނީ ވަކި ގަޑިތަކެއްގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންނެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ދިމާވަމުންދަނީ ފުވައްމުލަކުގައިހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1 މެގަވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ފުވައްމުލަކުގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަމުން އަންނަނީ 4 ޖަނެރޭޓަރެވެ. އެއީ 1 މެގަ ވޮޓުގެ 2 ޖަނެރޭޓަރާއި، 1.2 މެގަ ވޮޓުގެ 1 ޖަނެރޭޓަރާއި 800 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ