ޑިމްކޮރެޓިކް ނިޒާމެއްގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއެއްކަމަށް ކުރީގެ ރައީސް އަލްއުސްޔާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫންގެ ފަރާތްޕުޅުން ކޯޓުތަކަށް ހުށަހެޅުއްވި މައްސަލަތައް މަޑުޖެހި އަދި ޕީޕީއެމް ޔާމީން ފެކްޝަނުން ހުށަހަޅުއްވާ ހުރިހާ މައްސަލަތައް "އަވަސް" ގޮތަކަށް ނިމިގެން ދަނިކޮށް މައުމޫން ކުރެއްވި ޓްވީޓްގައި މުސަތަގިއްލު ފަނޑިޔާރު ގެއެއް ބޭނުން ކަމަށް ވިދާޅުވިއިރު ކުރިން ފަނޑިޔާރުންނަށް މައުމޫން އެއްގޮތަކަށްވެސް ފާޑެއް ވިދާޅެއް ނުވެއެވެ.
ޕީޕީއެމް ހިންގުން މުސްތަޝާރު ޔާމީން އަބްދުލް ގައްޔޫމް އާއި ހަވާލު ކުރެވުނު ފަހުން ދޭތެރެ ދޭތެރެއިން ފަނޑިޔާރުގެއަށް މައުމޫންގެ ފާޑު ކިއުން ރައްދުވެއެވެ.
މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއެއް ނެތުމުގެ ވާހަކަ ދައްކަން ފެށީ އެމްޑީޕީންނެވެ. އަދި މިއަދު އެމްޑީޕީ އާއި އެކު ރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ގެންދަވަނީ ފަނޑިޔާރުންނަށާއި، ފަނޑިޔާރު ގެއަށް ފާޑު ކިޔަމުންނެވެ.
މުސްތަގިއްލު ފަނޑިޔާރު ގެއެއް މުހިއްމު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ