ރައްޔިތުން ކުރި ޝަކުވާގެ ސަބަބުން ފައްޅިއަކުން ޖަހާ ރަނގަބީލު ޖެހުން ރޭގަނޑަށް ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ހަރޓްފޯޑްޝަޔަރގެ އޭޝްވެލް ޓައުންގެ ސެއިންޓް މޭރީސް ޗާރޗް ނަމަކަށް ކިޔާ މި ފައްޅިން ދަނީ މިދިޔަ 117 އަހަރު ވަންދެން ހުއްޓުމެއް ނެތި ކޮންމެ 15 މިނިޓަކުން ރަނގަބީލު ޖަހަމުންނެވެ.
އުތުރު ހާރޓްފޯޑްޝަޔަރ ޑިސްޓްރިކްޓްގެ ކައުންސިލުން ބުނީ، އެ ފަރާތަށް މި ރަނގަބީލުތަކާއި ގުޅިގެން 12 ފަރާތަކުން ޝަކުވާކުރި ކަމަށާއި، ޤާނޫނީ ގޮތުން އެ މައްސަލަ ބަލަން ޖެހުނީ ކަމަށެވެ. އަދި މިހާރު އެ ފައްޅީގެ ރަނގަބީލު ރޭގަނޑު 11އިން ފެށިގެން ހެނދުނު 6 ޖުހުމާއި ހަމައަށް ނުޖަހާނޭކަމަށް އެ ކައުންސިލުން ބުންޏެވެ.
އޭޝްވެލް ޕެރިޝް ކައުންސިލްގެ ޗެއަރމަން ޕީޓަރ ލޯންގް ބުނެފައިވަނީ ގިނަ ރައްޔިތުންނަށް މި އަޑުގެ ސަބަބުން އުނދަގޫ ނުވާ ކަމަށެވެ.
"އެކަމަކު އަހަރެމެން ރަނގަބީލު ޖެހުން ނުހުއްޓައިފިނަމަ ޑިސްޓްރިކްޓް ކައުންސިލުން އަޑެ އެއްކޮށް ހުއްޓާލުމަށް އަންގައި ނޯޓިސް ނެރޭނެ. ދެން އަހަރުމެން ޖެހޭނީ މައްސަލަ އިސްނިއުނާފް ކުރަން. އެހެންވެގެން، ޤާނޫނީ ކަމެއްގެ ތެރެއަށް ވަދެ ޢާންމުންގެ ފައިސާ ބޭކާރު ނުކުރަނެވެގެން އެ ނިންމުން ޤަބޫލުކުރީ" ލޯންގް ބުންޏެވެ.
"ސޭވް ދަ ބެލްސް" ކެމްޕއިންގެ އެކްޓިވިސްޓެއް ކަމަށްވާ ކްރިސް ޕެކް ބުނީ ޕެރިޝް ކައުންސިލް މިކަމަށް އެއްބަސްވީ ޑިސްޓްރިކްޓް ކައުންސިލުން މަޖުބޫރު ކުރުވައިގެންކަމަށެވެ. އަދި މިކަމާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިން އެއް ފަށާނެ ކަމަށް ކްރިސް ޕެކް ބުންޏެވެ.
މިދިޔަ 117 ތެރޭގައި ސެއިންޓް މޭރީސް ޗާޗުގެ ރަނގަބީލުތައް ހުއްޓާލާފައިވަނީ 2010 ވަނަ އަހަރު އެތަކެތީގެ މަރާމާތަށެވެ. ނަމަވެސް އޭގެ ދޮޅު އަހަރުފަހުން 2012 ވަނަ އަހަރުގެ ޖޫން މަހު ވަނީ އަނެއްކާވެސް 15 މިނެޓުން ޖަހާ މި ރަނގަބީލު ޖަހަން ފައްޓާފައެވެ.
ފައްޅިއަކުން ޖަހާ ރަނގަބީލުގެ އުނދަގޫ ބޮޑުވެގެން ރައްޔިތުން ޝަކުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ