އިންޖީނުގެ ރޯވީ އެކްސިޑެންޓަކުން ކަމަށް ނުބެލެވޭ: ފެނަކަ ނިމާލް

ގދ. ތިނަދޫ އިންޖީނުގެ އަނދާ ހުލިވި އިރު، އެތަނުގައި އަލިފާން ރޯވެފައިވަނީ އެކްސިޑެންޓަކުން ކަމަށް ނުބެލެވޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އިންޖީނުގޭގައި ރޯވެފައިވަނީ އިންޖީނު ރޫމާޖެހިގެން ހުންނަ ގުދަނެއްގައި ރޯވެގެން ކަމަށެވެ. އަދި އެ ގުދަނުގައި އަލިފާންރޯވާ ކަހަލަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި އެހެންކަމުން އެއީ އިންސިޑެންޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ނިމާލް މިގޮތަށް ވިދާޅުވި ނަމަވެސް މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
ރޭ ދަންވަރު 2:30 ހާއިރު ހިނގި މި ހާދިސާގައި އިންޖީނުގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނި ފަތިހު 4:30ވި ފަހުންނެވެ. އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.
ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގެ ރޯވި ހަބަރު ލިބުމާއި އެކު މާލޭ ފެނަކަ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ވަގުތުން އޮފީހަށް ނުކުމެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ތިނަދޫއަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަގުތީ ކަރަންޓް ދިނުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ