ރައްޔިތުންގެ މަޖިލީހުގެ ރަައީސަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެނައުމަށް އިއްތިހާދުގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
މިއަދު ޖުމްހޫރީ ޕާޓީގެ މައި މާލަން މާފަންނު ކުނޫޒްގައި ބޭއްވި ބައްދަލްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވުމުން އެ މައްސަލަ ފާސްކުރުމަށްފަހު އެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް އިތުރު ބޭފުޅަކު އިންތިޚާބުކުރަންޖެހޭކަމަށެވެ.
އެހެންކަމުން އެމަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެނައުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ގާސިމްގެ ލީޑަރުޝިޕްގައި މަޖިލީސްތެރެއިން ނަމޫނާ ފެނިގެންދާނެކަމަށެވެ.
އަދި މާދަމާގެ ވަގުތެއްގައި އަބުރުގެ ގާނޫނު އުވާލުމަށް ހުށައަޅާނެކަމަށާ، ރައީސް ނަޝީދާއި ގުޅޭގޮތުން ހުށައަޅާފައިވާ ގަރާރުވެސް ކުރިއަށްދާނެކަމަށެވެ.
އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މަގާމާއި ހަވާލްވެވަޑައިގަތުމާއި ހަމައަށް އެމަނިކުފާނު އަދި ފައިސަލްވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުން ކުރިއަށް އޮތްތާ ތަފާތު ފެންނާނެކަމަށެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށް ގިނަ މެންބަރުން ވަނީ މީގެ ކުރިންވެސް ތާއީދުކޮށް ވާހަކަދައްކާފައެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށް އިއްތިހާދުގެ ޕީޖީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ