މަޖިލީހުގެ މެންބަރުކަމުން އަބްދުﷲ ޝާހިދު އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލިސް ކުރާ ގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ