ޖުމްހޫރި ޕާޓީ މިވަގުތު އޮތީ ބާކީ ކޮށްފައި: ގާސިމް

މިވަގުތު ޖުމްހޫރި ޕާޓީ އޮތީ ބާކީ ކޮށްފައިކަމަށާއި އެއްބާރުލުން ދޭ ކޮންެމެ ބަޔަކާއެކުވެސް އެޕާޓީއިން އޮތީ މަސައްކަތް ކުރަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ގާސިމް އެފަދައިން ވިދާޅުވީ އެ ޕާޓީއާއި އަލަށް ގުޅުނު ފަރާތްތަކަށް ހާއްސަކޮށްގެން މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތީޚާބުގެ ކުރިން ކޯލިޝަން ޕާޓިތަކުގެ މެދުގައި އެއްބަސްވުމެއް އޮތް ނަމަވެސް އިންތިޚާބު ކާމިޔާބުވުމުން އެ ވަޢުދުތައް އުވާލާފައިވާކަމަށެވެ. އަދި އެކި ފަހަރުމަތިން ޖޭޕީ ދަށް ކުރެއްވި ކަމަށާއި އެކަމާއި ގުޅިގެން ބަސްނުބުނުމުން މިހާރު ޖޭޕީ އެއްލާލާފައިވާކަމަށެވެ. ގާސިމް ވިދާޅުވީ ސިޔާސީ މައިދާނުގައި ޖޭޕީ މިހާރު އޮތިީ ސަލާން ޖަހާ މިންވަރަށް ގޮސްފައިކަމަށާއި އެއްބާރުލުން ދެއްވާ ކޮންމެ ބަޔަކާއެކު ކުރިއަށް ދާން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެ ބަޔަކާއެކު ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން އެކުވެރިކަމާއެކު ގާނޫނު ތަންދޭ ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވި ބައެއް ބޭފުޅުން މަހުޖަނުންނާއި ސޭޓުންގެ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެއީ އެމަނިކުފާނަށް އިޝާރަތްކޮށް ދައްކާ ވާހަކައެއް ކަމަށް ވެދާނެ ކަމަށެވެ. ގާސިމް އެފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ މަހުޖަނުން މަޖިލީހަށް ނުވެއްދުމަށް ގޮވާލާ ވާހަކަދައްކަވާފައެވެ. އަދި އެންމެ ފަހުން ކޯލީޝަން ލީޑަރުން ބޭއްވި ބައްދަލުވުމަށްފަހު މަހުޖަނުންނާއި ދެކޮޅަށް ބަޔަކު ވަނީ އަޑު އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ