އެމް.ޑީ.ޕީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – އިބްރާހީމް ޝިޔާމް ފޯމް ހުށައަޅައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން އަލްއުސްތާޒް އިބްރާހީމް ޝިޔާމް ފޯމު ހުށައަޅައިފިއެވެ.
އިބްރާހީމް ޝިޔާމް ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައަޅާފައިވަނީ އިއްޔެ ހަވީރު 17:30  ހާއިރުއެވެ. އަލްއުސްތާޒް އިބްރާހީމް ޝިޔާމް އަކީ އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 5 ވަނަ ކެނޑިޑޭޓެވެ.
ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ.
އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވަނީ
1 މުހައްމަދު ވަހީދު (ވައްޑެ)
2- އަބްދުލް ބާރީ ހުސައިން
3- ހުސައިން ޝިހާމް
4- އިބްރަހީމް ނަސީރު
5- އިބްރާހީމް ޝިޔާމް
Rayyithunge Majlis 2019 MDP Primary ga Ungoofaaru Dhaairaa ah vaadha kurevvumah Ibrahim Shiyam @MDPSecretariat ah form husha’alhuvvaifi pic.twitter.com/I6JBWD1DGd
— MDP Secretariat (@MDPSecretariat) December 18, 2018
 
00 ޓެގްރައްޔިތުންގެ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ