ކަސްޓަމްސް އަށް ރިޕޯޓްނުކޮށް އިންޑިއާގެ ބަޔަކު ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން މިދިޔަ އާދިއްތަ ދުވަހު އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 6:30 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރަން އުޅުނު އިންޑިއާގެ ތިން މީހުންގެ އަތުން ތަފާތު ގައުމުތަކުގެ ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ އަދި ކޮން ގައުމުތަކެއްގެ ފައިސާ ކަމެއް ކަސްޓަމްސްއިން ނުބުނެ އެވެ. އެ ފައިސާތަކާއި އެކަން ކުރި މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ.
ރާއްޖޭގެ ގަވައިދުތައް ބުނާގޮތުން ނަގުދު ފައިސާގެ ގޮތުގައި ރާއްޖޭން ބޭރަށް ދާއިރު ގެންދެވޭނީ ގިނަ ވެގެން 30،000 އެމެރިކާ ޑޮލަރެވެ. އިތުރަށް ގެންދާނަމަ ކަސްޓަމްސްގެ ހުއްދަތައް ނަގަން ޖެހެ އެވެ.
ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ