ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ އޮފީހަށް މައުމޫން ވަޑައިގަތީ، އަންނަ އަހަރުގެ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަނުން ވާދަކުރުމާ ގުޅޭ ގޮތުން އެ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުމަކަށެވެ. އެ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެ އެވެ.
މި ބައްދަލުވުމުގައި މައުމޫންގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެ ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ތަފްސީލް އަންނަނީ...
މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ