ކެނޑިޑޭޓުންނަށްވުރެ މުހިންމީ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވުރެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ނުކުންނަވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަށް އަބަދުވެސް މުހިންމީ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވުރެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، އެރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައްޔިތުން ބޭނުންވާ ކަންކަން ކެންޑިޑޭޓުންނަށް ވެސް އަދި މަޖިލީހުގެ މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ސާފުވާ ކަމަށް ވިދާޅުވިއެވެ.
އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަންވާނީ ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށާއި، އެމްޑިޕީގެ އެންމެ މަތީ މަސްލަހަތަކީ ގައުމުގެ މަސްލަހަތު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ހަގަީގަތަކަށް ހެދުމަށްްޓަކާ އެމްޑީޕީން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ހުންނެވުމަށްވުރެ ބޮޑު ފަޚުރެއް ހަޔާތުގައި ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ހަސަން ލަތީފު މީގެކުރިން ވާދަކުރެއްވި ހުޅުހެންވޭރު ދާއިރާއަށް އިންތިޚާބުވިނަމަ، ރާއްޖޭގެ ސިޔާސީ ހަޔާތް މިއަދު ފެންނާނީ ރަންރީނދޫ ކުލައިން ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ