ވިލާ ޓީވީ އިން އިންތިޒާމްކޮށްގެން ގެނެސްދޭ "ވީޓީވީ ސްކޫލް އައިކަން 2012"ގެ ދެވަނަ ބުރަށް ހޮވުނު ކުދިންގެ ނަންތައް ރޭ އިޢުލާންކޮށްފި އެވެ.
ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރަށް ހޮވިފައިވާ ކުދިންގެ ނަންތައް އިޢުލާން ކުރީ ރޭ ވީޓީވީން ގެނެސްދިން "ވީޓީވީ ސްކޫލް އައިކަން 2012 ބެސްޓް ފައިވް" މިޝޯގަ އެވެ.
އެގޮތުން ރޭގެ ޝޯގައި ނުވަ އަހަރުން ދަށުގެ އުމުރު ފުރައިއިން އެންމެ މޮޅުކަމަށް ފަނޑިޔާރުން ހޮއްވަވާފައިވާ ކުދިންނަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ އައިޝަތު ޝާޝާ ފަޒުލޫން އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާގެ އައިޝަތު ހުލްވާ ހުލައިލު އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ސުރަބީ ޕްރަސާދުގެ އިތުރުން އިސްކަންދަރު ސްކޫލްގެ އީޝާ ހަސަން ނައީމް އަދި ހަމަ އެސްކޫލުން އައިމިނަތު ޒާރާ ރިޔާޒް އެވެ.
ދެ ވަނަ ބުރަށް ދިޔަ ނުވަ އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރަ އިން އެންމެ މޮޅު ފަސް ކުދިންގެ ގޮތުގައި ހޮވިފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ދަރިވަރެއް ކަމުގައިވާ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު އާއި އިސްކަންދަރު ސްކޫލްގެ މަރިޔަމް ހައިބާ އަބްދުﷲ އަދި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ އައިޝާ އީމާން ޔާސީންގެ އިތުރުން އިސްކަންދަރު ސްކޫލްގެ ދަރިވަރު މާލީކާ ހަސަން ސަލީމް އަދި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރު އައިމިނަތު ފައިހާ ފަޔާޒް އެވެ.
ވީޓީވީ އައިކަންގެ 11 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރު ފުރާއިން ފަނޑިޔާރުންގެ މާކްސްއިން ދެ ވަނަ ބުރަށް ދިޔަ އެންމެ މޮޅު ފަސް ދަރިވަރުންނަކީ އިސްކަންދަރު ސްކޫލްގެ ޔޫސުފް ޔޫހާން އާތިފް އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ މަދުމިތާ ޕްރަސާދާއި އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރެއް ކަމުގައިވާ މުހައްމަދު މިޝްއަލް އަހުމަދު ހުސްނީ އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރު ބަލްޤީސް ސަހީލް ޖަލީލް އަދި އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރެއްކަމުގައިވާ ފާތުމަތު ރިޢަތު ޝަމީޒެވެ.
މީގެއިތުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއިން އެންމެ މޮޅުކަމަށް ފަނޑިޔާރުން ހޮއްވެވި ފަސް ދަރިވަރުންނަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރު ވިގްނޭޝް ނަމްބިއާ އާއި އިސްކަންދަރު ސްކޫލްގެ ދަރިވަރު ދެވިކާ ޖަޔަކުމާރު އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާގެ ދަރިވަރު އައިމިނަތު ޔައުލާ މާޒިންގެ އިތުރުން ގަލޮޅު މަދަރުސާގެ ދަރިވަރު އަލީ ފަރުޒާން އަދި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރު އައިސަތު ޝައިހާ ޝަރީފެވެ.
ވީޓީވީގެ ސްކޫލް އައިކަންގެ ދެ ވަނަ ބުރަށް ދިޔަ 16 އަހަރުން މަތީގެ އުމުރުފުރާގައި ދަރިވަރުންނަކީ ގަލޮޅު މަދަރުސާގެ ޝަފާ އަލީ އާއި މަދުރަސަތުލް އަމީރު އަހުމަދުގެ މުހައްމަދު ޔުނާން އާއި ގަލޮޅު މަދަރުސާގެ ދަރިވަރު ހަސަން ޒާހިރު އާއި ގަލޮޅު މަދަރުސާގެ ދަރިވަރު ޝިފާ އަލީގެ އިތުރުން މަދުރަސަތުލް އަމީރު އަހުމަދުގެ މާނިހް މުހައްމަދެވެ.
ވީޓީވީ ސްކޫލް އައިކަން 2012ގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެ ވަނަ ބުރަށް ދިޔަ ދަރިވަރުން ހޮވިފައި ވަނީ ފަނޑިޔާރުންގެ މާކްސް އިން ކޮންމެ އުމުރުފުރާއަކަށް އެންމެ މަތިން މާކްސް ލިބުނު ފަސް ދަރިވަރުން ކަމަށް ވީޓީވީން ބުންޏެވެ.
ޖުމްލަ 120 ދަރިވަރުން ބައިވެރިވާ ވީޓީގެ ސްކޫލް އައިކަންގެ ދެވަނަ ބުރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިމުބާރާތުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް ވީޓީން ބުންޏެވެ.
"ވީ ޓީވީ ސްކޫލް އައިކަން 2012"ގެ ދެވަނަ ބުރު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ