މިޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަމުން މިދަނީ ޤައުމުގެ އިޖުތިމާޢީ ފޭރާން ވިއްސި ވިހާލި ވެފައި އޮއްވާކަމަށާއި، އަދި ބޮޑެތި ކުށްތައްކޮށް ރޭވިގެން ހިނގާ ކުށްތައް އިތުރުވެފައި ވަނިކޮށްކަަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް\ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި ޢިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މިއީ ޑިމޮކްރަސީ އަކީ އަޑުގަދަ ކުރާތަކުން ހަޅޭލަވައިގެން ގެންނަ އެއްޗެއްގެ ގޮތުގައި ދަައްކުވައިދެމުންދާ ދުވަސް ވަރެއް ކަމަށެވެ. ކަންކަމާމެދު ހިތްހަމަނުޖެހުމުން ދަރިވަރުުން ނުކުމެ ޓީޗަރާ ދެކޮޅަށް އަޑުގަދަކުރުމާއި ރައްޔިތުން ނުކުމެ ކައުންްސިލާދެކޮޅަށް އަޑު ގަދަކޮށް ހަޅުތާޅު ކުރުންފަދަ ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަތް ދުވަސްތައް މާޒީވެ ހިނގައްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެހެންމެ ކޮންމެ ކަމެއް ނިންމުމަށް އަޑުގަދަކުރާ ބޭނުންކޮށްގެން ނުކުމެ މަގުތައް ހަލަބޮލިކޮށް ރަނގަޅު ނޫން ގޮތުގައި ޑިމޮކްރަސީ ހަމަތައް ރައްޔިތުންނަށް ދައްކައިގެންވެސް ޤައުމުގައި ހަމަނުޖެހުން އުފެދިގެންދިޔަ ދުވަސްތަކެއް ހިނގައްޖެ ކަމަށާއި އެހެންކަމުން ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިދަނީ ޤައުމުގައި އިޖުތިމާޢީ ޢަދާލަތު ދަަމަހައްޓައި ހަލާކުވެފައިވާ އިޖުތިމާޢީ ފޭރާން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމުގައިވެސް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެެއް ފިސާރި ސާބިތު ކަމާއެކު ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާ ލައްވައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވެސް އަދި ރައީސުލްޖުމުހުރިއްޔާގެ ވެސް އެންމެ ބޮޑު އެދުންފުޅު ކަމުގައިވެސް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހޯރަފުށީގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރެވިގެންދާއިރު ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުވެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ. އަދި ހޯރަފުށީގައި ފުލުހުންގެ މަރުކަޒެއް ބިނާ ކުރެވިގެން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ \މެމްބަރު މުޙައްމަދު އިސްމާޢީލް އާއި ރަށު ކައުންސިލާއި ރައްޔިތުން ކުރި ބުރައް މަސައްކަތާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކަންކަން ހަމަމަގަށް އަޅުވަމުން މިދަނީ އިޖުތިމާޢީ ފޭރާން ވިއްސި ވިހާލި ވެފައި އޮއްވާ - މިނިސްޓަރ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ