ގޮޅީގައި ނިދަން ލިބެނީ ދެއިންޗި ބޯމިން ހުންނަ ވަރުގެ ތަރަފާލުކޮޅެއް ކަމަށް، ގާނޫނާއި ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން އުޅުނުކަަމުގެ މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަށް ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ނިހާނު ވިދާޅުވީ "އަޅުގަނޑަށް ނިދަން ދެނީ ދެ އިންޗި ބޯމިން ހުންނަވަރުގެ ތަރަފާލުކޮޅެއް" ކަމަށާއި އެކަމުގެ ސަބަބުން މައިބަދައިގެ މައްސަލަތަކެއް ދިމާވެ، ފަރުވާކުރަމުން ދާކަމަށެވެ. އަދި ގޮޅީގައި ހޫނު ގަދަކަމުން ހަމުގެ މައްސަލަތަކެއް ވެސް ދިމާވެ އެކަމަށް ވެސް ފަރުވާހޯދަމުންދާ ކަމަށް ނިހާނު ވިދާޅުވިއެވެ.
އިތުރަށް ނިހާން ވިދާޅުވީ ބަނދުގައި ބެހެއްޓުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެންނަމަވެސް ބަހައްޓަން ޖެހޭނީ ސިއްހީ ގޮތުން ރައްކާތެރި އިންސާނުން ދިިރިއުޅެން އެކަށޭނަ މާހައުލެއްގައި ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނިހާން ވިދާޅުވިއެވެ.
ނިހާންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ގާނޫނު އަސާސީން ބަންދުގައި ހުންނަ މީހަކަށް ކަށަވަރުކޮށްދޭ ކޮންމެ 24 ގަޑިއިރަކުން އެއްގަޑިއިރު ބޭރަށް ނެރުމުގެ ހައްގު ނިހާނަށް ނުދޭ ކަމަށާއި، އެ ހައްގު ނިހާންއަށްވެސް ދިނުމަށް އަމުރުކޮށްދިނުމަށް ސުއޫދު ވަނީ އެދިވަޑައިގެންފައެވެ.
އެވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެކަން ހިނގާ ގޮތް ބެލުމަށް ފަހު ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ބަންދުގައި ހުންނަ މީހަކާ މެދު އަމަލުކުރުމަށް އަންގާނެ ކަމަށެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ 7 ވަަނަ ދުވަހުގެ ރޭ ދަންވަރު 2:45 ހާއިރު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ( ޕީޖީ) މުހުތާޒު ހުސައިން އިތުރު އެހެން ބަޔަކާއި އެކުގައި މާމިގިއްޔަށް ދިޔުމުން އޭނާ އެމީހުންނާއި ބައްދަލުުކޮށްފައިވާކަމަށެވެ.
އަދި އެމީހުންނާއި ބައްދަލުކުރުމަށްފަހު މާމިގިލީ ކޯޓު ހުޅުވައި [email protected]/* <![CDATA[ */!function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t.parentNode;if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}()/* ]]> */ ގެ ނަމުގައިވާ އީމެއިލް އެޑްރެހަކަށް ވަދެ އެއިން " މާފުށީ އަމުރު" ގެ ނަމުގައި ކޯޓު އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް އޭނާ ޑައުންލޯޑުކޮށްފައިވާ ކަމަށް އެ ދައުވާގައިވެއެވެ. އަދި އެ އީމެއިލް އެޑްރެހުގެ ޕާސްވޯރޑް ނިހާނަށް ދީފައިވަނީ މުހުތާޒުކަމަށް ވެސް ދައުވާގައި ވެއެވެ.
އަދި އެއަށްފަހު ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް ތައްޔާރުކޮށް ރައީސް ޔާމީން ހައްޔަރުކުރުވުމަށް ރާވައި އެކަން ކުރަން އުޅެފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.
ގާޒީ ނިހާނުގެ މައްޗަށް އުފުލާފައިވާ 4 ދައުވާ އަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނު ކަމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާއަށް ވެސް މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ނިހާނު ވަނީ އިންކާރުކުރައްވާފައިވެއެވެ.
ގޮޅީގައި ނިދަންދެނީ ދެ އިންޗި ބޯމިން ހުންނަވަރުގެ ތަރަފާލުކޮޅެއް - ގާޒީ ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ