ހެނބަދޫ ރައްޔިތުންގެ ލަދުރަކިކަމުގެ ވާހަކަ...

(ނ. ހެނބަދޫ) މިރަށަކީ އާބާދީގައި 800 އެއްހައި މީހުން ދިރިއުޅޭ ރީތި ރަށެކެވެ. އެއް އާއިލާއެއްފަދައިން ދިރިއުޅެމުންއަންނަ އެ ރައްޔިތުން ގެންގުޅެނީ އެއް އާދަތަކެކެވެ.
ވަގުތު ޓީމުން މިރަށަށްކުރި ދަތުރު ވެގެންދިޔައީ ވަރަށް ތަފާތު މަންޒަރުތަކެއް ފެނިގެންދިޔަ ދަތުރަކަށެވެ. ރަށަށް އަރައިގެންދިޔަ ވަގުތަކި ސްކޫލަށް ދަރިވަރުންދާ ވަގުތު ކަމަށްވުމުން ރަށުތެރެ އޮތީ ކޮންމެވެސްވަރަކަށް ހަލަބޮލިކޮށެވެ.
އެހެންނަމަވެސް އޭގެ އިރުކޮޅެއް ފަހުންމަގުތައް އަމާންވެ ރައްޔިތުން ގެއްލިއްޖެއެވެ. އަޅުގަނޑުމެންގެ ޓީމް ރަށުތެރެޔަށް ވަދެގެންދިޔަ ވަގުތު މަގުމަތިން މާދުރުން ފެންނަ އަންހެންވެރިން ދުވެފައި ގެޔަށްވަދެ 'ފިލާ' މަންޒަރު ފެނުނެވެ. މިކަމާ އަޅުގަނޑުމެން އެންމެންވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.
ހަޤީޤަތް ބަލާލަން ބޭނުންވެގެން ބައެއް ގެތައް ކައިރިޔަށްގޮސް މަޢުލޫމާތު ސާފުކުރެވޭތޯ އަޅުގަނޑުމެންކުރި މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބޭގޮތެއް ނުވުމުން އެންމެފަހުން ކައުނސިލަރެއްގެ ގާތުގައި މިވާގޮތް އޮޅުންފިލުމަށްޓަކައި ސުވާލުކުރީމެވެ.
"އެއީ ކެމެރާ ހިފައިގެން އުޅޭތީ. ފޮޓޯއެއް ނަގާފާނެތީ އެއުޅެނީ" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ކޮންމެއަކަސް މިވެގެން އުޅޭގޮތް އެނގުނީ ދެނެވެ. އެހެންކަމުން އަޅުގަނޑުމެން ރަށުގެ މަޢުލޫމަތާއި އިންޓަވިއުތައް ނަގަން ޖެހުނީ ވަރަށް ހާލުންނެވެ. ބައެއް ނޫސްވެރިން އެ މަސައްކަތްކުރީ ރައްޔިތުންގެ ފަހަތުން ނޭގިގޮސް ސުވާލުކޮށްގެން ކަމަށްވާއިރު އެނޫންގޮތެއް މިރަށުން އަޅުގަނޑުމެނަށް ނުވީތީ ރަށުގެ ރައްޔިތުންގެ ލަދުރަކިވާހަކަވެސް ގެނެސްދޭހިތްވީއެވެ.
ވަގުތުގެ ފަރާތުން ނ އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ