މެމްބަރު އިލްހާމް މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވަނީ

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވަން ހަަމަޖެހިފައިވާކަން "ވަަގުތު"އަށް އެނގިއްޖެއެވެ.
އިލްހާމް ސޮއި ކުރައްވަން ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ ދަރުބާރު ގޭގައެވެ.
ރައީސް ޔާމީން ފެކްޝަން އިން މި އެވެންޓަށް މީޑިޔާތަކަށް ދައުވަތު ފޮނުވާފައިވާއިރު، ބުނެފައި ވަނީ "ޕީޕީއެމްގެ ވަރަށް ހާއްސަ އިވެންޓެއް މިރޭ ދަރުބާރުގޭގައި އޮންނާނެ". ކަމަށެވެ.
މެމްބަރު އިލްހާމް އަޙުމަދަކީ މިވަގުތު ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
މި ފަހަކަށް އައިސް ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، އެ ޕާޓީ ދެކަފިވުމާއެކު، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ އަދި އަދާލަތުން ދަނީ ރައީސް މައުމޫން ފެކްޝަނާއެކު ގުޅުން ބަދަހިކުރަމުންނެވެ.
އިލްހާމް އަލުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވަނީ އޭނާގެވެސް މަސައްކަތުން އުފައްދާފައިވާ ޕާޓީގައި ދެފެކްޝަނެއް އުފެދި ޕާޓީ ހީނަރުވަމުންދާތީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ