އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައި އޮންނަ އިރުމަތީ ގުދުސްގެ ސަރަހައްދެއްގައި ހުރި އިސްރާއީލް ސިފައިންގެ ޗެކްޕޮއިންޓެއްގައި ތިބި ސިފައިންނަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ފަލަސްތީން މީހެއްގެ ގަޔަށް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ބަޑި ޖަހާ ފަލަސްތީން މީހާ ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިންނަށް ހަމަލާ ދިނުމަށް ފަލަސްތީންގެ ދެމީހުން ޗެކްޕޮއިންޓާއި ދިމާލަށް ދިޔައީ ވެހިކަލެއްގައެވެ. އެމީހުން ރާވާފައި އޮތީ ވެހިކަލްގައި ބާރު ސްޕީޑްގައި ގޮސް އިސްރާއީލް ސިފައިންގެ ގައިގައި ޖައްސަން ކަމަށް ވެސް އިސްރާއީލް ސިފައިންނާއި ހަވަލާދީ ރިޕޯޓްތައް ބުނެއެވެ.
ސިފައިން ވެހިކަލަށް ބަޑި ޖެހުމުގެ ސަބަބުން އެކަކު ޝަހީދުވެފައި ވާއިރު ދެވަނަ މީހާ ވެސް ވަނީ ޒަހަމް ވެފައެވެ. ނަމަވެސް އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެއެވެ. މިހާދިސާގައި އިސްރާއީލް ސިފައިންގެ މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.
ފަހަކަށް އައިސް އިސްރާއީލާއި ފަލަސްތީންގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރ އިން ފެށިގެން މިހާތަނަށް ފަލަސްތީން މީހުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 35 މީހަކު ވަނީ މަރުވެފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 215 މީހުން ވަނީ ޝަހީދު ވެފައެވެ.
އިސްރާއީލް ސިފައިންނަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ފަލަސްތީން މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ