ދިރާގު އެލީޓް ކްލަބުގެ ބައިވެރިއަކަށް ބާސެލޯ ނަސަންދުރާ

ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ މާލެ ހޮޓާ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕާޓްނަޝިޕް އިއުލާންކުރީ މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން:
ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ބާސެލޯ ނަސަންދުރާގެ ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓްތައް ލިބޭނެ
ބުނީ ކީކޭ؟ - ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ ގުޅުމަކީ ދިރާގަށް ލިބޭ އުފަލެކެވެ.
"މި ޕާޓްނަރޝިޕްގެ ސަބަބުން، ދިރާގުގެ ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް އަގުހުރި ފައިދާތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ހިތްގައިމް ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބާސެލޯ ނަސަންދުރާގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވި ގޮތުގައި، މި ޕާޓްނަޝިޕުން ލިބޭ ހާއްސަ އޮފާތަކާ އެކު ބާސެލޯގެ ހިތްގައިމު ރެސްޓޯރަންޓްތަކުގެ ރަހަތަކާއި ބައިނަލްއަގްވާމީ ފެންވަރުގެ މެހެމާންދާރީ ތަޖުރިބާކޮށްލެވޭނެ އެވެ.
ފާހަގަކޮށްލެވޭ - މާލޭގައި ހުންނަ ހަމައެކަނި 5 ތަރީގެ ހޮޓާ ކަމަށްވާ ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރަންޓަކުން އަންނަނީ ހިދުމަތް ދެމުންނެވެ. އެގޮތުން:
'އޮއިވަރު' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ތީމްޑް ބުފޭ ނައިޓްތައް މެދުވެރިކޮށް ލިބޭ ރެސްޓޯރަންޓެއް 
'ބީހެވެން' އަކީ އެ ހޮޓަލުގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ހަދާފައިވާ ރެސްޓޯރަންޓެއް
'އަލިމަސް ކެފޭ' އިން ޕްރިމިއަމް ކޮފީ އާއި އެކި ވައްތަރުގެ ރަހަމީރު ކާތަކެތި ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ