ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ނެތިކޮށްލާ ބިލުގެ ރިޕޯޓު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.
މީގެ އިރުކޮޅެއް ފަހުން ހަވީރު 4:00 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.
މީކާއީލް އިހުތިޖާޖު ކުރީ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އައިޝަތު ފިލްޒާ ހުށަހެޅުއްވި ރިކޮމެންޑޭޝަން ކިޔާލަން ދިނުމުގެ ފުރުސަތު ނުދިނުމުންނެވެ. މީކާއީލް ވިދާޅުވަމުންދިޔައީ އެ ވޯޓަކީ "ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ނަގަމުންދާ ވޯޓެއް" ކަމަށެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.
މީކާއީލް އިހުތިޖާޖު ކުރަނިކޮށް މީޑިއާ ބިލުގެ ރިޕޯޓު ފާސްކޮށްފި މީކާއީލް އިހުތިޖާޖު ކުރަނިކޮށް މީޑިއާ ބިލުގެ ރިޕޯޓު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ